ދުނިޔެ

ޗައިނާގެ ވަރުގަދަ އިންޒާރެއް އެމެރިއަށް: އަލިފާނާ ކުޅެން ނުހަދާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާންގެ މައްސަލާގައި "އަލިފާނާ ނުކުޅުއްވުމަށް" ވިދާޅުވެ، ޗައިނާގެ ރައީސް ޝީ ޖީންޕިންގް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

Ads by Sosun Fihaara

މި އިންޒާރު ދެއްވާފައިވަނީ ޗައިނާއިން އަމިއްލަ ކަމަށް ދައުވާކުރާ ޓައިވާނަށް އެމެރިކާގެ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޒިޔާރަތް ކުރައްވައިފާނެތީ ބެއިޖިންގެ ކަންބޮޑުވުންތައް ފާހަގަ ކުރައްވަމުން، ރައީސް ޖޯ ބައިޑަން އަދި ރައީސް ޝީ ޖީންޕިންގް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އަލިފާނާ ކުޅެން އުޅޭ މީހުން އެކަމުގެ ސަބަބުން ނެތިގެންދާނެ،" ޗައިނާއާއި އެމެރިކާގެ ރައީސްގެ ފަސްވަނަ ފޯންކޯލާ ހަވާލާދީ ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. "އެމެރިކާއަށް މިކަމާ މެދު ސާފުކޮށް ވިސްނާނެ ކަމަށް އުންމީދު ކުރެވޭ."

އެގޮތުން ޓައިވާންގެ ހައިސިއްޔަތު ބަދަލު ކުރުމަ ޓައިވާނުން ކުރަމުންދާ މަސައްކަތްތަކާ އެމެރިކާއިން ކަނޑައެޅިގެން ދެކޮޅު ކަމަށް ބައިޑަން ވަނީ ޝީއަށް ދަންނަވާފައެވެ. ނަމަވެސް ޓައިވާންއާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލު ވީ ނޫން ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.

ވެރިކަމުގެ 3 ވަނަ ދައުރަކަށް ފައިވިއްދަވައިގެން ހުންނެވި ޝީ ވަނީ ޓައިވާން ނިސްބަތްވަނީ އެންމެ ގައުމަކަށް ކަމަށާ، އެ ގައުމަކީ ޗައިނާ ކަމަށް، ފޯނު ކޯލުގައި ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ހައްވާ

    ކަލޯތީ ފޖރިހެނެއް

  2. މުކި

    ރަނގަޅު ވާހަކައެއް. ތާރީޙު ބައްލަވާ. ޢެއީ އެއްވެސް އިރެއްގައި މިނިވަން ޤައުމެއްނޫން. އެގައުމުގެ ރައްޔިތުންނަކީވެސް ޗައިނާއިން ފިލައިގެން ގޮސްފައިވާ ރައްޔިތުން. އުންމީދުކުރަނީ ޗައިނާއިން ޓައިވާން ސައިޒަށް ތިރިކުރާނެ ކަމަށް