ޚަބަރު

ރައީސް ނަޝީދުގެ ބްލެކްމެއިލް ރައީސް ޞާލިޙަށް: ޒިނޭ ކުރާ ފޮޓޯތައް ލާންވީތަ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އަންހެން ކުއްޖަކާއެކު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށްބުނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި ރައީސް ނަޝީދު ވަނީ މިފަދަ ހަތަރު ފޮޓޯއެއް އެބައޮތް ކަމަށް ބުނެ، ފޮޓޯތައް ގްރޫޕަށް ފޮނުވާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށްފައެވެ.

މިކަމާ ގުޅިގެން މީޑިއާއަކާ ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުކުރައްވާ ކަމުގެ ޔަގީންކަން ރައީސް ދެއްވާ ކަމަށެވެ.

މިއަދު ހަވީރު ރައީސް ނަޝީދު ވިދާޅުވެފައިވަނީީ، އެފަދަ ފޮޓޯތަކެއް ލިިބިފައިވާ ކަމަށާއި އެ ފޮޓޯތައް ފުލުސް އޮފީހަށް ފޮނުވަންވީތޯ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަފުޅަށް ރޮޒައިނާ ރައްދު ދެއްވުމުން، ފޮޓޯތައް ގްރޫޕަށް ފޮނުވަންވީތޯ ރައިސް ނަޝީދު ސުވާލު ކުރެއްވިއެވެ.

ނަޝީދު ގެންދަވަނީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެ މަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރީ ކޯލިޝަން ވަކި ބަޔަކު ރުއްސަން ކަމަށް ބުނެ، އެކަމާ ފާޑު ކިޔަމުންނެވެ.

Ads by Allied Insurance
  1. ނާޒިމްސައްތާރު

    ތީ އެބުނާ ބުލެކްމޭލުކުރުމަކީ ބުލެކްމޭލް ކުރާމީހުން އަވަހައް ހައްޔަރުކުރޭ! ކޮބާޕޮލިހުން.؟