ތުހުމަތުތަކާއި ގުޅިގެން ރައީސް ޞާލިޙް އިސްތިއުފާ ދެއްވަން ޖެހޭ: އިދިކޮޅު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ޙަޤީޤަތް ހޯދާ އެކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މި މައްސަލައިގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާ ކަމަށެވެ.
އަދި އެ މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުންނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް މަޤާމުން އެކަހެރިވުމަށް ވެސް ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން މިވަރުގެ ބޮޑު ތުޙުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަމަށާއި މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދެއްވަން ޖެހޭ ކަމަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެއެވެ.
ބަޔަކު ނުވަތަ މީހަކު އެއްޗެކޭ ކިޔާ އިރަށް ގައުމު އޮޔާދޫކޮށްލާފަ ދާކަށް ނުޖެހޭނެ އެކަން ސާބިތހު ކޮށް ނުދެވެންޏާ އެވާހަވަ ދެއްކި މީހަކު ނުވަތަަ ބަޔަކު ހައްޔަރު ކުރަން ޖެހޭނެ
މީހަކު ހަމަ އެއްޗެއް ބުނާއިރަށް ނޫނީ ބަދުނާމެއް އަޅުވާއިރަށް އިސްތިއުފާ ދޭކަށް ނުޖެހޭ އެކަމަކު އެކަމެއް ބަލައި ތަހްގީގު ކުރަން ޖެހޭނެ. އާދައިގެ އިލްޒާމެއް ނޫން އެ އެޅުވީކީ. ކެނެރީގޭ އާލާތުން އަޚްލާޤީ ފެންވަރު ހަމަ ދަށީ. ޜާބޯ މީހުންގެ ލިސްޓޭ ބުނާއިރު އެންމެ ކުރީގަ އޮންނާނީ އަންނިއާ އީވާގެ ނަން.
މިއާލާތުންނަށް އަމިއްލައަށް ތިބެ ސޯޓް މި ބާލަނީ.އެހެންނުވާނީ ގިނަ ވަގުތު ތިބޭނީ ހިނދުކޮޅުގަ ވިއްޔަ
ތިޔައީ މޮޔަ އިދިކޮޅު ޓީމްތަކެއް މީހަކު އެއްޗެކޭ ބުނީމާ ވަރަދޫކޮށްލުން މީކިހާ ހެއްވާ ވާހަކައެއް. ނިކަން ޔާމީން ޕާޓީ އުވާލާފާ ގެޔަށް ވަންނަންވީ ނޫން. ކުފޫ ހަމަނުވާ ސިޔާސީ މީހުން މި ފެންނަނީ. ތިޔައީ މޮޔައިންދޭ ނޫސްބަޔަން