ޚަބަރު

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ޑރ. އިޔާޒް ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދެން އިމޭޖްސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ، މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ވަކި ކުރަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ނަޝީދުގެ ކޮއްކޮ، ޤާނޫނީ ވަކީލު، ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން ރައީސް ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާ، ހެކީގެ ގޮތުގައި ފޮޓޯ ހުރި ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ޔޯގާ އަކީ ހަރާމް ކަމެއް ނޫން ކަމަށް ވިދާޅުވުމުން ވެސް ނަޝީދަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ.

ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދު، މަޖިލީހުގެ ރައީސް ކަމުން ވަކި ކުރުމަކީ މިއަދު މަޖިލީހުގެ މެންބަރުންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވެސް ވަނީ ނަޝީދު މަޤާމުން ދުރުކުރަން ގޮވާލާފައެވެ.

"މިކަހަލަ އެތައް ކަމެއް ފެނިފައިވަުމުން މި ހިނދުން މި ހިނދަށް މަޖިލިސްގެ ރައީސްކަމުންނާއި، މެންބަރުކަމުންނާއި، އެމްޑީޕީން އޭނާ ވަކިކުރުމަށްގޮވާލަން! އަހުލާގެއް ހަމަ އެއްވެސް ވަރަކަށް ނެތް." ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސިޔާދު

    ޑރ. އިއާޒޫ…. އިސްރާފުވާވަރަށް ކާކަށް ނުވާނެ. ސުންނަތަށް އުޅެން ބުނާއިރު ތިހިރީ މީހާ ހުރި ސައިޒް.

  2. މުސްކުޅިބޭ

    ޒުވާން ސޭކް އިޔާޒް ވެރިކަމާހެދި މޮޔަވަނީ ސިޔާސީއިލްމުވެރިޔާ

  3. ފރތމ

    4 ހެކި ނެތި އިޔާޒު މެން ޓްވިޓަރގައި ތިޔަ ފަތުރާ ވާހަކަތަކޯ؟ ތިމާ ނުރުހޭ މީހާ އަށް ވަކި ގޮތެއްތަ އޮންނަނީ