ޚަބަރު

އަމިއްލަ މަސްލަތު އިސްކޮށް، ރައްޔިތުން ބިކަކޮށްލައިފި: ނާޒިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޤައުމު ހިންގަން ތިބި ލީޑަރުން އަމިއްލަ މަސްލަހަތު އިސްކޮށް ރައްޔިތުން ބިކަކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ނާޒިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާނަމޭ ބުނެ، ރައްޔިތުންނަށް ވައުދުވެ، ގައުމާއި ހަވާލުވެގެން ތިބި ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް ގައުމާއި ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައިވާ ކަމަށެވެ.

"މިނޫން ގޮތެއް މިހާރު މިއޮތީ ހޯދަންޖެހިފައި." އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދުގެ ނުރުހުމާއި ފާޑު ކިޔުން ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަންހެނަކާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރި ކަމަށްވެސް ވިދާޅުވެފައެވެ. އެއާއެކު ސިޔާސީ މަޝްރަޙް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!