ޚަބަރު ސިޔާސީ

ރައީސް ޞާލިޙަކީ 2023 އަށް ''އެންމެ ރަނގަޅު ޗޮއިސް'' : އަޙްމަދު ޢަބްދުﷲ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ 2023 އަށް ''އެންމެ ރަނގަޅު ޗޮއިސް'' ކަމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަޙްމަދު ޢަބްދުﷲ ވިދާޅުވީ ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވެ, ޒާތީ ގޮތުން ކިތަންމެ ބަޔަކު ހަސަދަވެރިވީ ނަމަވެސް ރައީސް ޞާލިޙް އެ ކަންކަމަށް ބަދަލެއް ނުހިފާ ކަމަށެވެ. އަދި އެ ކަންކަމާއެކު އެ މަނިކުފާނު އެ ވަޑައިގަންނަވަނީ ކެތްތެރިކަމާއެކުކަމަށް ވެސް އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

ނަމަވެސް އެފަދަ ކެތްތެރިކަމެއް ހުރި އެހެން ލީޑަރެއް ނުފެންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޞާލިޙަކީ 2023 އަށް ''އެންމެ ރަނގަޅު ޗޮއިސް'' ކަމަށް ވެސް އަޙްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

ރައީސް ޞާލިޙް 2023 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ޢިޝާރާތެއް ކުރައްވާފައިވީ ނަމަވެސް, އެމްޑީޕީގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ރައީސް ޞާލިޙަކީ ދެވަނަ ދައުރަކަށް ކުފޫހަމަވާ ބޭފުޅެއް ނޫނެވެ.

Ads by Allied Insurance
  1. އެންމެ ރަގަޅު ޗޮއިސް އަކީ ހަމަ ރައީސު ޔާމީން އެއީ ވަތަނީ ބޭފުޅެއް !