ޚަބަރު

ނާޒިމްގެ ބަހުގެ ހަމަލާތަކެއް ޔާމީނަށް: މުޅި ދުނިޔެއާ ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުޅި ދުނިޔެއާ ޖެހިގަންނަ ވަތަނީ ލީޑަރެއް ބޭނުންފުޅު ނޫން ކަމަށް ބުނެ އަނެއްކާ ވެސް ބަހުގެ ހަމަލާއެއް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރު މުޙައްމަދު ނާޒިމް، އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ރައްދު ކުރައްވައިފިއެވެ.

Ads by STELCO

ނާޒިމްގެ ފާޑު ކިޔުން ނާޒިމަށް އަމާޒުވެފައިވަނީ، ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ރު ދުވަހާ ޖެހެންދެން ވެސް ޣައްދާރުން ކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވާ ގުޅިގެންނެވެ.

ނާޒިމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން މުޅި ދުނިޔެއާ ޖެހިގެންނި ކަަމަށެވެ. ނާޒިމް އިޝާރާތް ކުރައްވަނީ ރައީސް ޔަމީންގެ ވެރިކަމުގައި ކޮމަންވެލްތުން ރާއްޖެ ވަކިވުމާއި، ގަތަރާއެކު ސިޔާސީ ގުޅުން ކަނޑާލުންކަމަށް ބެލެވެއެވެ.

ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް އިތުރަށް ވިދާޅުވީ ވަތަނީ ލީޑަރަކީ ތިމަންނާއޭ ރައީސް ޔާމިން ވިދާޅުވާއިރު، އެމަނިކުފާނަށް ވެރިކަން ލިބުމުން ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލި ކަމަށެވެ.

"ގައުމުގެ ފައިސާ ގެއްލުވާލާ، މުޅި ދުނިޔެއާއި ޖެހިގަންނަ ވަތަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން. ގައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަތަނީ ލީޑަރެއް." ނާޒިމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވިއެވެ.

ނާޒިމް މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ރައީސް ޔާމީން ކުރެއްވީ ނަޖިސް ވެރިކަމެއް ކަމަށް ވިދާޅުވިއެވެ. މިގޮތުން، ރިޝްވަތާއި، ވައްކަމާއި، މަކަރާއި ހީލަތް ހެދުމަކީ ވެރިކަމުގައި އާއްމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީނާ ދެބަސްވާ ފަރާތްތައް ޖަލަށް ލުމާއި ދައުލަތުގެ މުއައްސަސާތައް ނާޒުކުކޮށްލުމަކީ އެމަނިކުފާނު ކުރެއްވި ކަންކަން ކަމަށް ނާޒިމް ވިދާޅުވިއެވެ.

Ads by Ooredoo
  1. ރަދީފް ހުސެން

    ދުނިޔެ ރުއްސަން އުޅުން މީހުންގެ ކުޅެނީ އަލަމްގިރި ކުޅި، އެކުޅި ކުޅެން ހިތްވަރުދޭ ބަޔަކައް ދުނިޔޭގެ ރުހުން ލިބޭނެ. އެކުޅި އައްޗިވާ މީހުނައް ދުނިޔޭގެ ފިއްތުން ކުރިމަތިވާނެ.

  2. ބޮޑުބާގީ

    ބަލަ މިނިސްޓަރުކަމެއް ލިބޭއިރަށް އެމެތިކާއރކު ބޯޑަރ ކޮންޓްރޒޮލް ނިޒަމެއް ގާއިމްކޮށްފަ ރަޝިއާ އާ ޖެހިގަތީ. އޭފއ އެހީގަ އެމެތިކާގެ ސިއރު ފުލުހުން އައިސް ރަޝިޔާގެ ޒުވާނަކު ލުހެލައިގެން ގެންދިޔައީ.
    ޜޔ އަކީ މިކަހަލަ ގައްދާރު ވަތަނީ ލީޑަރެއް ނޫން. އަނެއްކާ ސިފައިންގެ ކުދިންނަށް ގައުމ7ގެ ވެރިކަން ކުރުމުގެ ސިޔާސީ އޮގްޔިސާދީ ވިސްނުން ހުންނާނީ ކާކުގެބާ؟ ފޭކް ކުލަބަރި ޖަހައިގެން މާމޮޅު މީހަކަށް ހެދިގެން އުޅޭނެކަމެއް ނެތް ބާގީ ކަލޭގެ.