ސަޢީދު, ނާޒިމަށް: ރައީސް ޔާމިން ޤާނޫނު ނަގަހައްޓާ ތަންފީޒުކުރާނެ, ޤާނޫނުއަސާސީއަށް ބޯލަނބާނެ
ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަށް އަމާޒުކުރައްވައި ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމް), މިއަދު ދެއްކެވި ވާހަކަތަކަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ރައްދު ދެއްވައިފިއެވެ.
ދިވެހި ޤައުމު މިއަދު މި ދެކޭ ހާލަތަށް ވައްޓައިލުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ނާޒިމްގެ ދައުރު ބޮޑު ކަމަށާއި އެކަމުން ރެކެން މިއަދު އުޅުނަސް, އެ ދެ ބޭފުޅުންނަކީ މަރު ދުވަހާ ޖެހެންދެން ވެސް ''ޣައްދާރުން'' ކަމަށް ރައީސް ޔާމިން މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އެކަމަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ ރައީސް ޔާމިން ކަމަށެވެ. އޭގެ އިތުރުން ވަޠަނީ ލީޑަރަކީ ''ތިމަންނާއޭ'' ރައީސް ޔާމިން ވިދާޅުވާއިރު, ވަޠަނީ ލީޑަރަށް ވެރިކަން ދިނުމުން ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލަށްލައި, ޤައުމުގެ ފައިސާ ގެއްލުވައިލާފައިވާ ކަމަށެވެ.
''މުޅި ދުނިޔެއާއި ޖެހިގަންނަ ވަޠަނީ ލީޑަރެއް ރާއްޖެއަށް ބޭނުމެއް ނޫން. ޤައުމަށް ބޭނުންވަނީ ތާހިރު އުޅުން ހުރި ވަޠަނީ ލީޑަރެއް.'' ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ވާހަކަތަކާ ގުޅިގެން ސަޢީދު ވިދާޅުވީ ރައީސް ޔާމިން ވަލު ދޮރާށީން ކަންކަން ނުކުރައްވާނެ ކަމަށެވެ. އަދި އެ މަނިކުފާނަކީ ޤާނޫނު ނަގަހައްޓަވައި ތަންފީޒުކުރައްވާނެ, ޤާނޫނުއަސާސީއަށް ބޯލަނބާނެ ބޭފުޅެއް ކަމަށެވެ.
''ވާހަކަ މަދުވާނެ. ޤައުމު ތަރައްޤީކުރީ ތާރީޚު ނުދެކޭ ސްޕީޑުގަ. ދިވެހިންގެ ކަންކަމާ ބެހި އުޅެންވާ ގޮތް ކިޔައިދޭން އަންނަ މީހުން ސައްޕު ޖަހައި ބޭރުކުރާނެ.'' ސަޢީދު ވިދާޅުވިއެވެ.
ޤައުމު ތަރައްޤީކުރީ ތާރީޚު ނުދެކޭ ސްޕީޑުގައިކަމަށް ސަޢީދު ވިދާޅުވިއިރު ރައީސް ޔާމިންގެ ޒަޢާމަތުގައި ދިވެހި ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ބޮޑު މަޝްރޫޢުއެއް ވަނީ ހިންގާފައެވެ. އަދި ސިނަމާލޭ ބުރިޖު, ދަރުމަވަންތަ ހޮސްޕިޓަލު ފަދަ ޢުމްރާނީ ތަރައްޤީތައް ފާހަގަކޮށްލެވެއެވެ.
އެޅާ އަކީ ގާނޫނައް ބޯލަބާނެ ގޮލައެއް ނޫން ފިނިފެންމާ ކަލޭމެން ތީ ގައުމު ލޫޓު ކޮށްލި އާލާތުން
ދެން ނިއުސް އަކުން މިކޮމެންޓް ޖަހަން ނުކެރޭނެ ކަންވެސް އެގޭ
ވެރިކަމުގަ ހުރިއިރު ތިކަން ނުކުރި މީހަކު އަލުން ކުރާނެތަ.
ގާސިމާއި ނާޒިމް ގެދޮރު އަޅާފައި ހުރީ ރާއްޖޭގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން ހޯދި ފައިސާއަކުންނޫނެވެ. ކޮންމެވެސް ދުވަހަކުން ދިވެހިން ގަޑުވަޜު ކިތަންމެ އުސް ކުރިޔަސް ހޯދާނެއެވެ.