އިންޑިޔާ ސިފައިން ރާއްޖޭގައި ތިބުމަށް ނާޒިމް ތާއީދުކުރި, އެއީ ޣައްދާރުންގެ ސިފައަކީ: ޝުޖާއު
ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ގާއިމުވެފައި ތިބުމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމަށް (ކާނަލް ނާޒިމް) ތާއީދުކުރި ކަމަށާއި, ބޭރު ޤައުމުތަކުގެ ސިފައިން މި ބިމުގައި ގާއިމުވެ ތިބުމަށް ތާއީދު ކުރުމަކީ ޣައްދާރުންގެ ސިފައެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ޤައުމަށް އެންމެ ބޮޑަށް ޣައްދާރުވީ
ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުކަމަށް ނާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
އެ ގޮތުން ޝުޖާއު މިއަދު ވިދާޅުވީ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި އިންޑިޔާ ސިފައިން ގާއިމުވެފައި ތިބުމަށް ނާޒިމު ތާއީދުކުރި ކަމަށާއި, ބޭރު ޤައުމުތަކުގެ ސިފައިން މި ބިމުގައި ގާއިމުވެ ތިބުމަށް ތާއީދު ކުރުމަކީ ޣައްދާރުންގެ ސިފައެއް ކަމަށެވެ.
އަދި ޔާމީންގެ ކެބިނެޓުން ނާޒިމް ވަކިކުރެއްވީ ވަލިއްޔުލް އަމުރަށް ޣައްދާރުވެގެން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަކީ މި ބިމުގައި ބޭރުގެ ސިފައިން ތިބެންޖެހޭނެ ކަމަށް ތާއީދު ކުރައްވާނެ ލީޑަރެއް ނޫން ކަމަށެވެ.
''ރައީސް ޔާމީންގެ އިސްތަށިފުޅުގައި ވަގު ބަދުނާމު އަޅުވާއިރު ނާޒިމްތާއީދުކުރާ މި އާރާއި ބާރު އޮތް ސަރުކާރަށް އެ ކަންކަން ނުބެލެނީ ކީއްވެތޯ؟ ދިވެހިންނަކީ ގަމާރުންކަމަށް ނާޒިމް ދެކެނީތޯ؟'' ޝުޖާއު ސުވާލުކުރެއްވިއެވެ.
ރައީސް ޔާމިން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ގެންދަވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. އެ މަނިކުފާނު ވިދާޅުވަނީ މި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަންނަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެ މަނިކުފާނު ގެންދަވަނީ އިންޑިއާ ސިފައިން ބޭލުމަށް ވެސް ސަރުކާރަށް ގޮވައިލައްވަމުންނެވެ.
ޕޕމ މީހުން ހަމަހޭބަލިވނީ މީހަމަ ވެރިކަން ލިބޭތޯ
ނާޒިމަކީީ ދިވެހިޤައުމައްް ޤައްދާރުވެެ ޤައުވިއްކާލާންް މަސައްކަތްކުރާމީހެކޭބުނުމުންް ހައިރާނެއްނުވޭޭ އެކަލޭގެއައްް ލިބޭކޮންމެފުރުސަތެއްްގަ މުދާވެރިކަންް ހޯދާފައިހުރިމިންވަރުު ފެނޭޭ ހަމަގައިމުވެސްް އެލިބުނުު މުސާރަޔަކުންް އެހުރިހާާ ފައިސާއެއްް ނުހޯދޭނެހެންް ވަރައްހީވޭޭ