ޤައުމުގެ ކަންކަން ހިނގަމުންދާ ނުރަނގަޅު ގޮތާމެދު ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ބަސް ވިދާޅުވުމުން, އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވެސް އިސްލާހުވާންވީކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ ރައީސް ޔާމިން ކުރެއްވީ ނަޖިސް ވެރިކަމެއް ކަމަށާއި މި ޤައުމު ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމިންކަމަށް ނާޒިމް ވިދާޅުވުމުން ކުރެއްވި ޓުވީޓެއްގައެވެ.
މަލީހް ވިދާޅުވީ މިސްކިތަށް ކުޑަކަމުދިއުމާއި ޚަތިމަށް ކުޅު ޖެހުމާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އެމްޑީއެން ހިމާަޔަތްކޮށް މި ސަރުކާރުން ނޫސްވެރިކަން ވެސް މަރާލައިފި ކަމަށެވެ. އަދި ލިވާތު ޢާންމުކޮށް, ޝައިޚުން ޖަލަށްލައި, ޤައުމު ވިއްކާ ވެސް ހުސްކޮށްފި ކަމަށެވެ.
އަދި އެމްޑީޕީން މިފަދަ ކަންކަން ގޯހުންގޯހަށް ގެންދާއިރު އެކަމާ ރައީސް ޔާމިން ބަސް ވިދާޅުވީމާ ނާޒިމް ވެސް އިސްލާހުވާންވީކަމަށް މަލީހް ވިދާޅުވިއެވެ.
މި ޤައުމު ދުށް އެންމެ ބޮޑު ޣައްދާރަކީ ރައީސް ޔާމިންކަމަށް ނާޒިމް ވިދާޅުވީ, ދިވެހި ޤައުމު މިއަދު މި ދެކޭ ހާލަތަށް ވައްޓައިލުމުގައި ނާޒިމްގެ ދައުރު ބޮޑު ކަމަށާއި އެކަމުން ރެކެން މިއަދު އުޅުނަސް ނާޒިމަކީ މަރު ދުވަހާ ޖެހެންދެން ވެސް ޣައްދާރެއް ކަމަށް ރައީސް ޔާމިން މިއަދު ވިދާޅުވުމުންނެވެ.
މަލީހަށް ތިކިޔޭ އެއްޗެއް އެގޭބަ. ސިޔާސީ ވިޔަސް ބޮޑުވަރު. ޥަޒީފާ ވަކިކުރީމަ ގޯސްވީ
މަވެސް ހީކުރީ، މަލީހަކީ ވަރަށް ރަނގަޅު މީހެއްކަމަށް، މިންށްވުރެ ބަސްގިނަވެ، ދުވާލު ދެދަޅަޔަށް މާބޮޑަށް ވަކި ރޫހެއްގައި އަނގަގަދަ ކުރީމަ، އަގުވެއްޓެނީ، އަގު އަރަނީއެއްނޫން