ނަޝީދަކީ ސިޔާސީ މައިދާނުގައި ''ކާލާ މަންނަ'', ބޭރުކުރާހައި ''ގަޓެއް'' ސަރުކާރަކު ނެތް: ބޮންޑެ
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ބޭރުކުރާހައި ''ގަޓެއް'' މި ސަރުކާރަކު ނެތްކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ބޮންޑެ ވިދާޅުވީ ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ''ކާލާ މަންނަ'' ކަމަށެވެ. އަދި ސަރުކާރަށް ކެރޭނަމަ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މަސައްކަތް ކުރަންވީ ކަމަށާއި ނަމަވެސް އެކަން ކޮށްފިނަމަ މި ސަރުކާރު މަގުމަތިވާނެކަމަށް ބޮންޑެ ވިދާޅުވިއެވެ.
ބޮންޑެ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ބޭރުކުރާހައި ''ގަޓެއް'' މި ސަރުކާރަކު ނެތް ކަމަށެވެ.
ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު ލިވާތު ކުރިކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ޢަބްދުއްސައްތާރު ހައްޔަރުކުރުމުން ނަޝީދު ގެންދަވަނީ ނާޒިމްގެ ދިފާޢުގައި ވާހަކަދައްކަވަމުންނެވެ. އެ ގޮތުން ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޒިނޭ ކުރާ ތަން ފެންނަ ހަތަރު ފޮޓޯ އޮތްކަމަށް ވިދާޅުވެ އެ ފޮޓޯތައް ލީކްކޮށްލަންވީތޯ ވެސް ސުވާލު ކުރައްވައިފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން މިހާރު ގެންދަވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.
ސިޔާސީ ގޮތުން ބަލާއިރު ކާލާގެ މަންނަ ދުއްވާލުމުން އެމްޑީޕީ ގެ ބަވެ ދެފަރާތުގެ ކޯޅުން ބޮޑުވާނެ. އެކަމުގެ ސަބަބުން މަންފާކުރާނެބަޔަކު ތިބުންއެކަށީގެންވޭ. ވީމާ ކާލާގެ މަންނަ ބަހައްތަން ބޭނުންވާ 20 ވަރަކަށް މެމްބަރުންފިޔަވައި ދެންތިބި ހުރިހާ މެމްބަރުންވެގެން ކާލާގެ މަންނަ ދުއްވާލުމަކީ މިގައުމުގެ ސިޔާސީ ކުރިއެރުމަށާއި ގައުމަށް ހަމަޖެހުން ގެނައުމަށާއި 2023 ގެ އިންތިހާބު ކަށަވަރުކުރުމަށް ވެސް ވަރަށް މުހިންމު ކަމެއް.
އެއްއިރެއްގަބަޔަކު ތިބުނާ މަންނައެއް ދެކެ ބިރުގަތަސް މިހާރު ތީ ދިވެހިގައުމަށް ރައްޔިތުންނަށް ޖެހިފައޮތް ބަލާމުސީބަތެއް.. ދައުލަތުން އެތައް ބޮޑެތި ހަރަދުތަކެއް ކުރަންޖެހޭ އެބަ ތިއެއްޗަކަށް.. އެހެން ނޫނަސް ހާޖުފާޖު އެނގޭ ކޮންެ މީހަަށްވެސް އިނގޭނެ ހބހބހބހ ހައިބަތު ކިތަންމެ ބިޔަ ބޮޑުވެފަވަރުގަދަކަމށް ބުންޏަސް ކޮންމެސް އެހެންރަނގައެއް ހުކުމަށްވެއްޖެއްޔާ ތި ކާލާމަންނަވެސް ހަަ ވިރިގެން ދާނެ ހުކުމަށް ވާރަނގައެއްގެ ނިކަމެތި 2ގަނޑުޖަހާލިޔަސް..
މިހާރުއޭ ފޮޑިއެއް ދެންތިބޭ މަންނަވެގެން ރައްޔިތުން އަދި އެމްޑީޕީ ތެރޭ ފޮޑިެއް
ދިވެހިން ތިޔަ ކާލާ މަންނަ ޔަށް ނޫނެކޭ ބުނެ 2012 އިން ފެށިގެން ކާލާ މަންނަ ޔާ ނުލާ ކުޅެން ދަސްކޮއްފި