ދެ ރައީސުން ވެސް މަޤާމުން ދުރުކުރަންޖެހޭ: ޝިޔާމް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް މަޤާމުން ދުރުކުރަންޖެހޭކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިއަދު ވިދާޅުވީ ދެ ރައީސުން ވެސް މަޤާމުން ދުރުކުރަންޖެހޭ ކަމަށާއި ރައްޔިތުން މި ސަރުކާރަށް އިތުރަށް ކުރާނެ އިތުބާރެއްނެތް ކަމަށެވެ. އަދި މާ ކުރިން ވެސް އިތުބާރު ގެއްލިފައިވާާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް ގެނައީ އިންޑިޔާކަމަށް ނަޝީދު ފާޅުގައި ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް ކަން ކުރަނީ އެ ގޮތަށް ކަމަށާއި މި ޤައުމުގެ ކަންކަމުގައި ގޮތް ނިންމަނީ އިންޑިއާއިންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ދެ ރައީސުން ވެސް މަޤާމުން ދުރުކުރަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއިރު ރައީސް ޞާލިޙަށް ވަފާތެރި މެންބަރުން ވަނީ ރައީސް ނަޝީދު މަޤާމުން ދުރުކުރުމަށް މަަސައްކަތް ފަށާފައެވެ.
ތީވަރަށް ރަގަޅުވާހަކައެތް މާލަސްވެއްޖެ
ސަލާން ޖަހައިގެން ރިބާ ލޯންގެ އެހީ ހޯދައިގެން އެދަރަނި ރައްޔިތުންގެ ބޮލުގައި އެޅުވުމަކީ ރަގަޅު ގޮތެއްތޯ !
ވެރިކަމާއި ހެދީ މިތިބީ މޮޔަވެފައި