ޚަބަރު

ރައީސް ޔާމީންގެ ވެރިކަމަކީ ބިރުވެރި ދުވަސްތަކެއް، އެކަން ދިވެހިންގެ ހަނދާނުން ފިލައިގެން ނުދާނެ: ދުންޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރަކީ ބިރުވެރި ދުވަސްތަކެއް، އެކަން ދިވެހިންގެ ހަނދާނުން ފިލައިގެން ނުދާނެ ކަމަށް، އެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by STELCO

ދުންޔާ މިހެން ވިދާޅުވެފައިވަނީ، އެކަމަނާ މިހާރު ހަރަކާތްތެރިވަމުން އަންނަ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ލީޑަރު، މުޙައްމަދު ނާޒިމް މިއަދު ޓްވިޓަރގައި ހިއްސާ ކުރެއްވި ވީޑީއޯއެއްގައެވެ.

އެ ވީޑިއޯގައި ދުންޔާ ވިދާޅުވީ، ރާއްޖެ މީގެ ކުރިން ދުށް ދެ ސަރުކާރުގެ ވެރިން ވެސް ފެއިލް ވެފައިވާތަން ދިވެހިންނަށް ފެނިފައިވާ ކަމަށެވެ. އަދި ދިވެހިންގެ އިތުބާރު އެ މީހުންނަށް ގެއްލިފައިވާ ކަމަށެވެ.

ނާޒިމް ގެންދަވަނީ ރައީސް ޔާމީނަށް މިފަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ނާޒިމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރެވެ.

ދުންޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ލީޑަރު ނާޒިމް ވިދާޅުވި ފަދައިން ރައީސް ޔާމީނަކީ މި ޤައުމު ދުށް އެންމެ ބޮޑު ޣައްދާރު ކަމަށެވެ. އަދި އެ ދުވަސްވަރު ކޮރަޕްޝަނާއި ވައްކަން އާއްމު ކަމަށާއި އިދިކޮޅުގެ ފަރާތްތައް ޖަލަށް ލުމާއި ނުޙައްޤުން އަދަބު ދިނުން އާއްމުވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

"ޔާމީންގެ ދުވަސްވަރު ދިވެހިން އުޅެން ޖެހުނީ ބިރުން، އެކަން ދިވެހިން ހަނދާން އެބަހުރި" ދުންޔާ ވިދާޅުވީ، އެ ދުވަސް އިޔާދަ ވިޔަ ނުދޭން ދިވެހިން ވަރަށް ރަނގަޅަށް ވިސްނަން ޖެހޭ ކަމަށެވެ.

ދުންނާގެ ފާޑު ކިޔުން ރައީސް ޔާމީނަށް އަމާޒު ކުރެއްވިއިރު، އަންނަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަ ކުރައްވާނެކަން ވަނީ ބުނެފައެވެ.

Ads by HDC
  1. މުހަންމަދު

    މިހާރު ރުޅިގަނޑު ތިބާލަނީ ގަނޑުވަރުގަ ނޫޅެވިގެންތަ، ނޫނީ ސިންގަޕޫރުން ކާތަކެތި ނުގެނިވިގެންތަ؟؟

  2. ދިވެހި ޒުވާނުން

    ހާސް.ނުވޭ ހުރިހާ ޒުވާނުން މިތިބީ ގައުމު ރިހާކުރާ ޖަހައިގެން ކާލި ޔާމީނުގެ ބައިގަނޑު މި ގައުމުގެ ވެރިކަމަށް ދުވަހަކުވެސް ނުގެނައުމަށް ޒުވާނުން ބޭނުންކުރާ ހުރިހާ އެއްޗެއްގެ ބޭނުން ހިފައިގެންވެސް އެކަން ވިޔަ ނުދިނުމަށް ޒުވާނުންގެ ކޮޅަށް ހުރުމާ ބާރު އޮތީ ޒުވާނުންގެ އަތްމަތީގާ. ޔާމީނަކީ މުޅި ގައުމަށް ހުރި ބިރެއް. ދީނަށް ހުރި ހިތާމައެއް. ބޮޑުންނަށް ހުރި ަެަ އަނިޔާވެރިއެއް

  3. ބައްޕާފުޅުގެ 30 އަހަރާއި ބޭބޭ ފުޅުގެ 5 އަހަރުވެސް ވަރަށް ބިރުވެރި !

  4. އަބްދޫ

    ކަންކުރަންޖެހޭނީ އިންސާނުނނަކި އިންސާނުންކަންދަނެގެން މިހާރު ވެސް އެ ގެންގުޅެނީ އެ އުސޫލު.ދިވެހި ހުރިހާ ސިޔާސީ ލީޑަރުންނަށް ބަވަމުންދަނީ ދިވެހިރައްޔިތުންގެތެރޭން މަދު މީހަކު މެނުވީ ތިބެނީ ސިޔާސީ ލީޑަރުގެ ސަޕޯޓަރުންގެގޮތުގަ. ދިވެހި ހުރިހާރައްޔިތުންނަށް ބަވާފަ މަލިކުން މީހުނގެނެސް ވޮޓްލައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ.

  5. ދުންޏާ

    ޢަބްދުﷲ ޔާމީަނަކީ ކަލޭ ކަހަލަ ، ކަލޭގެ ބައްޕަ ކަހަލަ ، ބަޑި ނާޒިމް ކަހަލަ ބޭފުޅެއް ނޫނޭ!! އެފް ޕީ އައި ޑީ ކާލައިގެން ދިރުވާލައިގެން ތިޔަ ތިބީ !! ދެވަނަ ފަހަރަށް ވެސް އެއަށް ވުރެ ބޮޑު އަދަދަކަށް ދަހިވެތިވެފައި ތިޔަ ތިބީ ލިވާތު ދަށުވެ، އިސްލާމް ދީން ވިއްކާލައިގެން އަތް ޖަހަން!! ާގަަނޫން އޮތީ އޮތްތާނގަ!! ރުނޑިޔާ ރައްޔިތުން ބޭނުންވާ ކަންތައް ކޮށްދީ ފުރަތަމަ!! ޢެހެންނޫނީ ވޯޓްގެ ވާހަކަ ނުދައްކާ!!