ހައުސިން މިނިސްޓްރީގެ ހަތް މުވައްޒަފަކު ކޮވިޑަށް ފައްސިވެއްޖެ

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާގެ 7 މުވައްޒަފަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.
އެގޮތުން ކޮވިޑަށް ފައްސި ވެފައިވަނީ އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސެކްޝަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެކެވެ.
ރާއްޖެއިން މިއަދު ވަނީ އިތުރު 148 މީހަކު ކޮވިޑަށް ފައްސިވެފައެވެ. އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 4،594 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 1869 މީހުންނަށެވެ. އެގޮތުން 110 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.