މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް މުޙައްމަދު ނާޒިމްގެ ކިބައިގައި ރައީސެއްގެ ހުރިހައި ކޮލެޓީއެއް އެބަހުރިކަމަށް އެ ޕާޓީގެ ސައުތު ރީޖަންގެ ނައިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ވެސް ބާއްވަން ވަނީ ނިންމައިފައެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ކާނަލް ނާޒިމް އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެ ގޮތުން ޝަރީފް ވިދާޅުވީ ނާޒިމް ރިޔާސީ ރޭހަށް ނުނިކުންނަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށެވެ.
އޭނާ ވިދާޅުވީ ނާޒިމްގެ އިސްކޮޅު ވެސް އެބަހުރި ކަމަށާއި, ރައީސެއްގެ ހުރިހައި ކޮލެޓީއެއް އެބަހުރި ކަމަށެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ނާޒިމަކީ އަމިއްލަ މަސައްކަތުން ކުރިއަރައި, ޚިދުމަތުގެ ތަރިތަކާއި, ކުލަބަރިތަކުން މުޅި ޔުނިފޯމް ފުރައިލި ބޭފުޅެއް ކަމަށެވެ. އަދި އެއީ ދިވެހިންނަށް ނުލިބޭނެފަދަ ޒުވާން ލީޑަރެއް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ލަފާކުރެވޭގޮތުން އަންނަ ދައުރުގާ ކޯލިޝަނުގެ ތެރެއިން ދެވަނަބުރުން ވެރިކަމަށް އަންނާނީ ރައީސަކަށް ސޯލިހު ނާއިބަކަށް ނާޒިމު. އޭގެ ފަހު ދައުރުގެ ރައީސަކަށް އަންނާނި ނާޒިމު. އެވެ. މިއީ ރަމަލު ފިލާގަނޑުގެ ހިސާބެއްގެ ލަފާކުރެވޭގޮތެވެ. ވެރިކަން ދެއްވާ ފަރާތަކި މާތް الله އެވެ.
އިސްކޮޅަކަންނޫ ބަލަނީ ހާދަ ހެއްވަޔޭ ސޯލިހު ކުރުކަމުންތަ މިއުޅެނީ ބޮލަކަންޖަހާފަ ތިހުންނަނީ މީދާކޭ އުބެށްތަ