ޚަބަރު ސިޔާސީ

ރައީސް ޔާމިނަކީ ޤައުމިއްޔަތު ދިފާއުކުރަން ހަނގުރާމަ ކުރެއްވި ސޯލްޖަރެއް: އައިފާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަޙްމަދު އައިފާން

ރައީސް ޔާމިން ޢަބްދުލްޤައްޔޫމަކީ ޤައުމިއްޔަތު ދިފާއުކުރަން ހަނގުރާމަ ކުރެއްވި ސޯލްޖަރެއްކަން ވަނީ ސާބިތުކޮށްދެއްވާފައި ކަމަށް މާލޭ ސިޓީ ކައުންސިލަރު އަޙްމަދު އައިފާން ވިދާޅުވެއްޖެއެވެ.

Ads by STELCO

އައިފާން މިއަދު ވިދާޅުވީ ޙަޤީޤީ ސޯލްޖަރުންނަކީ ތިމާގެ ނަފުސު ރައްކާތެރިކޮށް ދިފާއުކުރަމުން, ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާ މީހުން ކަމަށެވެ. އެ ގޮތުން ބަލާއިރު ރައީސް ޔާމީނު ވަނީ ނަފުސު ދިފާއު ކުރައްވައި, ޤައުމާއި ޤައުމިއްޔަތު ދިފާއު ކުރަން ހަނގުރާމަ ކުރެއްވި ދިވެހި ސޯލްޖަރެއްކަން ހާމަ ކޮށްދެއްވާފައިކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ ‏ޤައުމުގެ މިނިވަންކަމަށް ހިޔަނި އެޅިދާނެހެން ހީވާ ކޮންމެ ކަމެއްގައި އެ މަނިކުފާނު ޖެއްސެވީ ''ސައްޕެއް'' ކަމަށާއި, ޤައުމުގެ އަޤީދާ ދިފާއު ކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް ކަމަށެވެ.

އައިފާން ވިދާޅުވީ ޤައުމު މިހާރު އެދި ގޮވަނީ ރައީސް ޔާމިންގެ ޒަޢާމަތަކަށް ކަމަށެވެ.

Ads by Allied Insurance
  1. ހުސެއިންބެ

    ރައީސް ޔާމީނަކި ދިވެހިންގެ ފަޅުތަކާއި ރަށްތައް ވިއްކައިގެން މިލިޔަނުން ފައިސާ އެކައުންޓަށް ޖަމާކޮށްގެން ގަޑުވަރެއްއަޅަމުންދާ ސޯލްޖަރެއް!

  2. އަބްދޫ

    ރައްޔިތުން ދިފާއު ކުރާކަށް ނޫން ރަށްރަށަށް ފޭބީމަ މާފަތި އަރިހުރަހަށް އަންނަން ފެށީމަ ތިމާއަށް އޮޅި މާފައްޗެއްގެ ދަށުވީ. ހުރިހާ ރައްޔިތުންނާ ދެކޮލަށް ނިކުމެގެން ގައުމިއްޔަތު ދިފާއުކުރެވޭނެތަ؟