ކޮންމެ ދިމާއަކުން ފެންނަނީ ރައީސް ޞާލިޙްގެ ''ނުލަފާކަން'' ދައްކަވާ ތަން: ޑރ.ޖަމީލް

ކޮންމެ ދިމާއަކުން ފެންނަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ''ނުލަފާކަން'' ދައްކަވާ ތަންކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ދީން ބޭނުންކުރަނީ ކިރިޔާ ބަޔަކު ރުއްސާލެވޭ ވަރަށް ކަމަށެވެ. އަދި ކޮރަޕްޝަނަކީ ޕާޓީއާއި ކޯލިޝަންގެ ލީޑަރުން މައިތިރިކުރާ މައި ހަތިޔާރުކަމަށް ވެފައިވާކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
''ވެރިޔަކު ނުލަފާވާނީ ދެން ކިހާވަރެއް ވީމާބާ'' ޑރ.ޖަމީލް ސުވާލު ކުރެއްވިއެވެ.
https://twitter.com/MJameelAhmed/status/1555040307095695360?t=oG3ccvruLCYRfST3_SN-JA&s=19
ޑރ.ޖަމީލް ވިދާޅުވީ ކޮންމެ ދިމާއަކުން ފެންނަނީ ރައީސް ޞާލިޙްގެ ''ނުލަފާކަން'' ދައްކަވާ ތަންކަމަށެވެ.