ޚަބަރު

ގްރޫޕް ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ޓީޗަރު ސަސްޕެންޑްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގްރޫޕު ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެން ޓީޗަރަކު ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

Ads by STELCO

މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ތިން މީހަކު އެއްޖިންސުން ގުޅުން ހިންގާ ތަނެއެވެ. އޭގެ ތެރެއިން އެކަކަކީ ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމްގިރިއެވެ.

މި ވީޑިއޯއާއި ގުޅިގެން ޓީޗަރަކު ސަސްޕެންޑް ކޮށްފައިވާ ކަމަށް ބުނެ "މިހާރު" ނޫހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އާ ހަވާލާދީ ބުނެފަިއ ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

އަދި ބުނެފައިވަނީ އެމީހާ އަކީ އިމާދުއްދީން ސްކޫލުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެއް ކަމަށެވެ.

ގިނަ ބަޔަކާ އެކީ ގުޅުން ހިންގި މައްސަލާގައި އަލަމްގީރް، 25، ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި މިދިޔަ ހަފުތާގައި ވަނީ އޭނާއާ ގުޅުން ހިންގި ބައެއް މީހުން ހައްޔަރު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!