ޚަބަރު

އެއްޖިންސުން ގުޅުން ހިންގައިގެން ހޯމް މިނިސްޓްރީގެ މުވައްޒިފަކު ވެސް ސަސްޕެންޑްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ ގުޅުން ހިންގި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި އެވެ.

Ads by Sosun Fihaara

އެ މައްސަލާގައި ސަސްޕެންޑްކޮށްފައިވަނީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކެވެ.

އޭނާ ސަސްޕެންޑްކުރީ އިތުރު އެހެން ފިރިހެނަކު ވެސް ހިމެނޭހެން ގްރޫޕް ހަދައިގެން އަލަމްގީރާ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ މެންދަމު އާންމުވުމާ ގުޅިގެންނެވެ. އެ ވީޑިއޯ އިން ދެން ފެންނަ ފިރިހެން މީހާ އަކީ އިމާދުއްދީން ސްކޫލްގައި މަސައްކަތްކުރަމުން އަންނަ ޓީޗަރެކެވެ. އެ މައްސަލާގައި އޭނާވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

އަލަމްގީރް ގިނަ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި އޭނާއާ އެކީ ގުޅުން ހިންގި ބައެއް މީހުން ވެސް ތިބީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެވެ.

މި އެންމެން ވެސް ހައްޔަކުރި އިރު، އަލަމްގީރާ އެކު އެ މީހުން ގުޅުން ހިންގާ ވީޑިއޯތައް ވެސް ލީކްވެފައިވެ އެެވެ.

އަޑުތައް އަރާފައިވާ ގޮތުން ވެއިޓަރެއްގެ ވަޒީފާ އަށް 2019 ގައި ރާއްޖެ އައި އަލަމްގީރް މިހާތަނަށް 250 އެއްހާ ދިވެހިންނާ އެކީ އެއްޖިންސުން ގުޅުން ހިންގާފައިވެ އެވެ.

Ads by Allied Insurance
  1. ހިމާރުލްގައުމު

    ކީކޭދޯ ބުނާނީވެސް މީ އިސްލާމީ ގައުމެއްބާ!
    ކިހާބިރުވެރި ލަދުހުތުރު ފާފަތަކެއްބާ މި ކުރަނީ! ކިތަންމެ ބުންޏަސް ތި މީސްމީހުންގެ މައިންބަފައިން ވެސް ކިހާދެރައެއްވާނެ ކިހާ ލަދެއްގަންނާނެ، މާތްﷲގެ ގަދަފަދަ އަޒާބަށް ވެސް ބިރެއް ނުގަނޭ، ތިމާގެ ނަފުސު ހަލާކުގެ ތެރެއަށް އަމިއްލައަށް މި ފުއްމާލަނީ.