ނޮޅިވަރަމްފަރު ސްކޫލުގެ ޤުރުއާން ޓީޗަރަކު ލިވާތުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލަނީ

އުތުރުގެ ރަށެއްގައި އެއް ޖިންސުން ގުޅުން ހިންގި ނުވަތަ ލިވާތުކުުރި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
''ދެން'' އިން ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހދ.ނޮޅިވަރަމްފަރުގައި އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅީ ޖޫން 25 ގައެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ދެން އަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހުގެ 01 ވަނަ ދުވަހު އެ ރަށު ސްކޫލުގެ ޤުރުއާން ޓީޗަރަކު ސަސްޕެންޑްކޮށްފައެވެ. މުސާރަ ހިނގާ ގޮތަށް ފުރަތަމަ ސަސްޕެންޑް ކުރި ނަމަވެސް މިހާރު ހުރީ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްކޮށްފައެވެ.