ލިވާތުކުރިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފި
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
މަޖިލީހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމާބެހޭ އިތުރު މަޢުލޫމާތެއް ހާމައެއްނުކުރެއެވެ.
މަޢުލޫމާތު ލިބޭ ގޮތުން މަޖިލީހުގެ މުވައްޒަފަކު ސަސްޕެންޑްކުރީ ރާއްޖޭގެ ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީން އެ މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަމުގެ ތުހުމަތުގައި ދެ ޓީޗަރަކު ވެސް ސަސްޕެންޑްކޮށްފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމް ޢަބްދުއްސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން ނުވަތަ ލިވާތުކުރުުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ.