އެއްޖިންސުން ގުޅުން ހިންގައިގެން ކަސްޓަމްސްގެ ދެ މުވައްޒިފަކު ވެސް ވަޒީފާއިން ވަކިކޮށްފި
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގައިގެން މޯލްޑިވްސް ކަސްޓަމްސްގައި މަސައްކަތް ކުރަމުންދާ ދެ މީހަކު ސަސްޕެންޑްކޮށްފިއެވެ.
މި މައްސަލައިގައި ސަސްޕެންޑްކޮށްފައިވަނީ ކޮން ޑިޕާޓްމެންޓެއްގެ މުވައްޒިފެއްކަން ވަނީ ސާފުވާގޮތް ނުވެފައެވެ. ނަމަވެސް އެފަދަ ކަމެއް ހިނގައިގެން ދެ މުވައްޒިފަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހޯމް މިނިސްޓްރީން އެ މިނިސްޓްރީގެ މުވައްޒަފަކާއި, މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ ސަސްޕެންޑްކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަމުގެ ތުހުމަތުގައި ދެ ޓީޗަރަކު ވެސް ސަސްޕެންޑްކޮށްފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމް ޢަބްދުއްސައްތާރާއި ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު ނަޝީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ބަންގްލަދޭޝްގެ މި ރައްޔިތާއެކު 250 އެއްހާ ދިވެހިން އެއް ޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބައެެއް މަސްދަރުތަކުން ހާމަކުރެއެވެ.
މަސްދަރުތަކަށްއެގޭއިރު ދިވެހިފުލުހުން ހަނުތިބެނީކީއްވެ ފުލުހުންވެސް އެމަސްއަލަ ބަލަންޖެހޭ މީމުޅިގައިމަށް ދިމަވެފަވާ ކަމެއް އަދި ﷲގެ ކޯފާ އަންނަވަރުގެ ކަމެއް މިހާދުވަސްވާއިރު ތިބަޔަކުއެންމެނަށް އެގެންޖެހޭ ސްކޫލުތަކަށްދާ ޅިފަރިންގެ ހައްގުގަވެސް
އެއްޖިންސުންގުޅުންހިންގުމަކީ ސީދާސަރުކާރުންކުރުވާކަމެއްކޮންވެރިޔަކައްކަންބޮޑުވެގެންއެވާހަކަދެއްކީކޮބާތުބުޅިލީސޭހުންނޭކިޔާރުޑިން
މި ސަރުކާރުން ތިކަންކުރާ މީހުން ފެންމަތިކޮށް
މައްސަ ބަލަމުން އެދަނި