ދުނިޔެ

ޒެމްބިއާއިން އަށް ޗައިނާއަށް ދިން ލޯނު ޤަބޫލެއް ނުކުރި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޒެމްބިއާއިން ޗައިނާއިން ދިން 1.6 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ކެންސަލް ކޮށްފިއެވެ. ޒެންބިއާއިން މިގޮތަށް ކަންތައްކޮށްފައިވަނީ ޗައިނާއިނާގެ ދަރަނީގެ ދަންތުރައިގައި ނުޖެހޭން ކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކުރެއެވެ.

Ads by WAMCO

ދެކުނު އެފްރިކާގެ އެގައުމުން ވަނީ ގާތްގަނޑަކަށް 17 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަލުން އެކުލަވާލުމަށް އައިއެމްއެފްގެ 1.4 ބިލިއަން ޑޮލަރުގެ ލޯނުގެ މަޝްވަރާތަކެއް ކާމިޔާބުކޮށްފައެވެ.

ޗައިނާގެ ޕަބްލިކް އަދި ޕްރައިވެޓް ލޯނު ދޫކުރާ ފަރާތްތަކަށް ޒެމްބިއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު ދަރަނި 6.6 ބިލިއަން ޑޮލަރަށް އަރައެވެ.

ޗައިނާ އެފްރިކާ ރިސާޗް އިނިޝިއޭޓިވް އިން ބުނާ ގޮތުގައި ޒެމްބިއާ އިން 2000-2018 ވަނަ އަހަރުގެ ތެރޭގައި ޗައިނާގެ ލޯނުތައް ބޭނުންކޮށްފައި ވަނީ 69 އަށް ވުރެ ގިނަ މަޝްރޫއުގައި ކަމަށާއި ގިނައީ ދަތުރުފަތުރާއި ކަރަންޓުގެ ދާއިރާއިން ކަމަށެވެ.

އެ ޤައުމުން ގިނަ އަދަދެއްގެ ލޯނު ނަގާފައިވާއިރު, ޤައުމުގެ ހާލަތު ވަރަށް ގޯހެއެވެ. މިގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކަރަންޓް ނުލިބޭ، 77 ޕަސެންޓް މީހުންނަށް ސާފު ބޯފެން ނުލިބޭއެވެ. އަދި 46 ޕަސެންޓް މީހުންނަށް އިންޓަނެޓް ނުލިބެއެވެ.

Ads by Allied Insurance
  1. ޑިމާ

    ފެނަށް ވުރެ އިންޓަރނެޓް އަގުހެޔޮ؟

  2. އަޙްމަދު

    ޝުރުޙީ ރަނގަޅު ކޮށްލާ