ޚަބަރު

ކަރު ބުރިކޮށްލާ، މަރާލާފައިވާ މީހެއް މާލޭގެ ގެއަކުން ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކަރު ބުރިކޮށްލާ، މަރާލާފައިވާ މީހެއް މާލޭގެ ގެއަކުން ފެނިއްޖެއެވެ.

Ads by STELCO

"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ ފެނިފައިވަނީ ހެންވޭރު ޗީބޯ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލާފައި އޮއްވާ ފެނިފައިވަނީ އަންހެނެކެވެ.

މި މައްސަލައިގެ ތަފްސީލެއް ފުލުުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވީ، ޒަޚަމްތަކަކާއެކު މަރާލައިވާ އަންހެނެއް މާލޭގެ ގެއަކުން ފެނިފައިވާ ކަމަށާއި މައްސަލައިގައި ތުހުމަތު ކުރެވޭ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ads by Ooredoo
  1. ހަސަން

    މިގައުމުގައި މީހުން މެރުން، އެއްޖިންސުން ގުޅުން ހިންގުން، ވައްކަން ކުރުން، ފޭރުން، މާރާމާރީ ހިންގުން، މަސްތުވުން އަދި މިނޫންވެސް ފާހިށު އަމަލު މިހާރު އިތުރުވެފައިވަނީ ކުރީ ޒަމާނު ސިއެރާލިއޯން ފަދަ އެފްރިކާގެ އެންމެ ދަށުދަރަޖައިގެ ގައުމުތަކުގައި ވެސް ނެތްވަރަށް. ﷲ މިގައުމަށް ބޮޑު މުސީބާތެއް ކުރިމަތި ނުކުރައްވާފާނދޭވެ.
    ވެރިކަމުގައި މުސްލިމް ގައުމަކަށް ފުދޭވަރު ބަޔަކު ނެތުމުގެ ނަތީޖާ. ވެރިކަމުގައި އެކަމަށް ފުދޭވަރު ބަޔަކު ނެތްކަމުގެ ދެރަ ނިކަމެތިކަން، ވެރިކަމަކީ މަގުމަތީ ކަމެއްކަމުގައި ހެދިހެދުމުގެ ނަތީޖާ