ގުރޫޕު ހަދައިގެން ލިވާތުކުރިކަމުގެ ތުހުމަތުގައި މުދިމަކު ސަސްޕެންޑްކޮށްފި
ގުރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ މުދިމަކު ސަސްޕެންޑްކޮށްފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބަންގްލަދޭޝްގެ އަލަމްގިރިއާއެކު ގުރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ އެކަކީ އިމާމެއްކަމަށްވާ އަޙްމަދު ރަޝީދު ކިޔާ މީހެކެވެ. އޭނާއަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުރަތަމަ ހުޅުވި މިސްކިތުގައި އިމާމުކަން ކުރި މީހެއްކަމަށްވެއެވެ.
އޭނާ އެކަން ކުރި ކަމަށް ފުލުހުންގެ ފޮރެންސިކަށް ކަށަވަރު ކުރެވޭތީ ފިޔަވަޅު އަޅައިދޭން އެދުމުން އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ.
އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގާކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ސަސްޕެންޑްކޮށްފައިވާއިރު މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.