ބަންގްލަދޭޝްގައި ޗައިނާގެ ކުންފުނިތަކުގައި މަސައްކަތް މުވައްޒިފުންނަށް އިހާނަތްތެރިކޮށް ހިތާ މައްސަލަތަކެއް

ބަންގްލަދޭޝްގައި ޗައިނާގެ ކުންފުނިތަކުން ލޯކަލް މުވައްޒަފުންނާ މެދު ވަރަށް ބޮޑަށް ގޯސްކޮށް އަމަލުކުރަމުންދާ ކަމަށާއި އުޖޫރަ ކުޑަކަމުން ފެށިގެން ޖިސްމާނީ އަނިޔާއާ ހަމައަށް ތަފާތު ކުރުން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޗައިނާއިން ފައިސާ ދީގެން ހިންގާ މަޝްރޫއުތަކުގައި ވަޒީފާ އަދާކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް މަހެއްގެ ތެރޭގައި 26 ދުވަހު މަސައްކަތް ކުރަން ހަދައި، ދުވާލަކު ޑިއުޓީ ގަޑިއަށް ލިމިޓެއް ނެތި (ދުވާލަކު ގާތްގަނޑަކަށް 16-18 ގަޑިއިރު) މަސައްކަތް ކުރުވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.
މީގެ އިތުރުން އެ މީހުންނާމެދު އަމަލު ކުރާ ގޮތާއި ގުޅޭ ގޮތުން ވާހަކަ ދައްކައިފިނަމަ ވަޒީފާއިން ކަނޑާލާނެ ކަމުގެ ބިރު އޮންނަނީ ދައްކާފައެވެ.
މިއަހަރުގެ ކުރީކޮޅު ބަންގްލަދޭޝްގެ ލޭބަރަކަށް ޗައިނާގެ ޕްރޮޖެކްޓް އޮފިސަރަކު އެ ސައިޓުގައި މަސައްކަތް ކުރަމުން ދަނިކޮށް މާސްކް ރަނގަޅަށް ނާޅާ މައްސަލައިގައި އަނިޔާކޮށްފައިވާ މައްސަލައެއް ވެސް ފެންމަތިވަނީ ވެފައެވެ.
މަސައްކަތްތެރިންނާ މެދު ގޯސްކޮށް އަމަލުކުރުމަކީ ބަންގްލަދޭޝްގައި ޗައިނާގެ މެގަޕްރޮޖެކްޓްތަކުގައި އާއްމު ކަމެއް ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ބަންގްލަދޭޝްގައި ޗައިނާގެ ކުންފުނިތަކުން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.