ޚަބަރު ސިޔާސީ

ކަންކަން އިސްލާހުކުރަން އުޅެނީ ކިތައް މީހުންބާއޭ ހިތަށް އަރާ: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރު އިމްރާން

ރާއްޖޭގައި އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި, ނަމަވެސް އެ ކަންކަން އިސްލާހުކުރަން އުޅެނީ ކިތައް މީހުންތޯ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ސުވާލު ކުރައްވައިފިއެވެ.

Ads by MWSC

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމެއްގެ ހާލަތު ރަނގަޅުވަނީ ވެސް ނުވަތަ ނުބައި ނުބައިވަނީ ވެސް އެ ބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުން ކަމަށެވެ. އަދި ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހުކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެ ކަންކަން އިސްލާހުކުރަން އުޅެނީ ކިތައް މީހުންތޯ ސުވާލު ކުރެއްވިއެވެ.

މިދިޔަ ޖުލައިމަހުގެ 13 އިން ފެށިގެން ކޮންމެ ދުވަހަކުހެން ޓުވީޓެއް ކުރައްވާފައި އިމްރާން ޓުވިޓާއިން ގެއްލުނީ ޖުލައި 30 ގައެވެ. އެއަށްފަހު އަލުން މިފަދަ ޓުވީޓެއް ކުރެއްވީ މިއަދުއެވެ.

  1. ސަންފަ

    ޔަގީނުންވެސް އެނގޭ ކަމަކީ އިމްރާން ކަމެއް އިސްލާހް ކުރަން ނޫޅޭނެކަން އެއީ އެކަން ކުރުމުގެ ބާރުދީފަ ނެތީމަ . ސީޕީ ހަމީދުއަށް
    ޢޮތީ ބާރު އޭނާ ބޭނުމެއް ނުވަނެ އިސްލާމް ދީނާ ޚިލާފް ކަންތައްތައް ހުއްޓުވާކަށް

  2. ކަންކަން އެންމެ ފަސޭހައިން އިސްލާހުވާނީ ކޮންމެ މީހަކުވެސް ތިމާގެ އަމިއްލަ ނަފު ފުރަތަމަ އިސްލާހު ކޮށްގެން!