ނާޒިމްގެ ވާހަކަތަކުން ހާމަވީ ރައީސް ޔާމިނަށް އޭނާގެ ހިތުގައި އޮތް އަދާވާތްތެރިކަން: ޑރ.ޖަމީލް

ވ.އާރަށް ކުއްޔަށް ދޫކުރުމަށް ހިންގި މުއާމަލާތުގެ މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމް ދެއްކެވި ވާހަކަތަކުން ހާމަވެގެންދިޔައީ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާ މެދު އޮތް ހަސަދަވެރިކަންކަމަށް އެ މަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި ނާޒިމް އިއްޔެ ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މޭސްތިރިއަކީ ރައީސް ޔާމިންކަމަށް ވިދާޅުވެފައެވެ.
މިހާރު ނޫހުން އެ ސުރުޚީގައި ލިޔެފައިވާ ޚަބަރު ހިއްސާކުރައްވައި ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ހެކިވެރިޔާ ހުށަހެޅި ބޭނުން ނޫސްވެރިޔާއަށް އެނގޭތޯ ސުވާލުކުރައްވައިފައެވެ.
އަދި ނާޒިމް ވިދާޅުވެފައިވަނީ ތިމަންނަ ގަބޫލުކުރާ ގޮތް ކަމަށާއި, އެހެން ބުނިބުނުން ފިޔަވައި އެކަން ގާއިމްކުރާނެ ގޮތެއް ނާޒިމަށް ވިދާޅުވެ ނުދެއްވުނު ކަމަށެވެ. އަދި ނާޒިމް ދެން ދެއްކި ވާހަކައިން ހާމަވީ ރައީސް ޔާމިންގެ މައްޗަށް އޭނާގެ ހިތުގައި އޮތް ޢަދާވާތްތެރިކަން ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.
ޑރ.ޖަމީލް ވިދާޅުވީ ވަކި ބަޔަކުދޭ ޚަބަރު ނޫހުގައި ޖަހަން އުޅުމުން ފޮރުވޭނީ ޙަޤީޤަތް ކަމަށެވެ.
މިދުނިޔެއިން ފެނުނު އެއްމެބޮޑުގަމާރު މުރުތއދ ލުއްޗާ ތިޔަޖަމީލަކީ