ދުނިޔެ

ޚަރަދުތައް ހަމަޖައްސަން ޕާކިސްތާނުގައި މިނިކާވަގު ވިއްކަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި މިހާރު ދިމާވެފައިވާ އިޤްތިޞާދީ ދަތިކަމުގެ ސަބަބުން ދިމާވެފައިވާ ޚަރަދުތައް ހަމަނުޖެއްސިގެން މިނިކާވަގު ވިއްކަން އެ ޤައުމުގެ ޒޫއަކުން ނިންމައިފިއެވެ.

Ads by Sosun Fihaara

އެ ޤަައުމުގެ ވެރިރަށް ލާހޯރުގައި ހުންނަ މި ޒޫއިން މިނިކާވަގު ވިއްކުމަށް ނިންމާފައިވާ އެންމެ ކުޑަ އަގަކީ 670 ޑޮލަރަށެވެ. އެއީ ގާތްގަނޑަކަށް ދިހާ ރުފިޔަލެވެ.

އެ ޒޫއިން ވަނީ އެތަނުގައި މިވަގުތު ތިބި 29 މިނިކާވަގުގެ ތެރެއިން 12 މިނިކާވަގު ވިއްކާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ. މިނިކާވަގު ވިއްކުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށް ބީލަންގެ އުސޫލުންނެވެ. މާދަމާ މި ބީލަން އޮންނާނެއެވެ. މި ބީލަމުގައި ބައިވެރިވެވޭ ފަރާތްތަކުގެ ތަފްސީލް އަދިހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައިވެރިވެވޭނީ މިފަދަ ކަންކަމުގައި އާއްމުކޮށް އުޅޭ ކުންފުނިތަކަށް ކަމަށް ލަފާ ކުރެވެެއެވެ.

މި ޒޫއިން މިނިކާވަގުތައް ވިއްކާލަން ނިންމާފައިވަނީ އެ ތަނުގައި ގެންގުޅެވޭ ވަރަށް ވުރެ ގިނައިން އެ ޖަނަވާރުތައް ހުރުމުންނެވެ. ޒޫގެ ކެޕޭސިޓީއަކީ 20 މިނިކާވަގެވެ. ގިނައިން ގެންގުޅޭނަމަ އެހެން ޖަނަވާރުންނަށް އުދަނގޫވެއެވެ. އަދި ޒޫ ބޮޑު ކުރަން ޚަރަދު. ކުރަން ފައިސާ ނެތް ކަމަށް ޒޫގެ ވެރި ފަރާތުން ހާމަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!