ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމަކީ ޝަރުޢީ ކޯޓުތަކަށް ނުފޫޒު ފޯރުވާނެ ބޭފުޅެއް ނޫންކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީގެ ކައުންސިލް މެންބަރު ޝުޖާއު މިރޭ ވިދާޅުވީ ރައީސް ޔާމިނަކީ ކަންކަމާ ކެރިގެން ކުރިމަތިލައްވައި ކާމިޔާބު ހޯދުމުގެ ހިތްވަރު ހުންނެވި ލީޑަރެއް ކަމަށެވެ. އަދި އެއ ކޯޓަށް މައްސަލައެއް ހުށައަޅާ އިރަށް ''ހޭނެތިގެން ވެއްޓި'' ޤައުމާއި ރައްޔިތުން ދޫކުރައްވައި ފިއްލަވާނެ ލީޑަރެއް ވެސް ނޫން ކަމަށެވެ.
''ތި އުޅެނީ ޕީ.ޕީ.އެމް ގެ ރިޔާސީ ޓިކެޓް ރައީސް ޔާމިނަށް އަރުވައި, އެ މަނިކުފާނަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ވީމަ އެކަމާ ބިރުން.''
ވ.އާރަށް ކުއްޔަށް ދިނުމުގެ މުޢާމަލާތުގެ މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށް ރައީސް ޔާމިން ބިރުދައްކަވައި ހެއްކައް ނުފޫޒު ފޯރުއްވަވަން މަސައްކަތްޕުޅުކުރައްވާކަމަށް ބުނެ ފުލުހުންނަށާއި ޕީޖީއަށް މިހާރު ވަނީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅީ މޯލްޑިވްްސް ލީގަލް ބިއުރޯ (އެމްއެލްބީ) ކިޔާ ލޯ ފާމަކުންނެވެ.
ރައީސް ޔާމިންގެ ވަކީލު އާދަމް ޝަމީމް ވެސް މިއަދު ވިދާޅުވީ ވ.އާރަށު މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތުން އެއްވެސް ހެއްކަކަށް ނުފޫޒު ނުފޯރުވާނެ ކަމަށާއި, ނުފޫޒު ފޯރުވަންޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް ހަކުރު ލޮނަކަށް ނުވާނެ އެވާނީ އެޔަށް
ކޯޓުގެ ފުރާޅުން ޓިނުނަގައިގެން ވަންނާނީ…ކީއްކުރާ ނުފޫޒެއް…
ޔާމީނުކޯޓްތަކަށް އަތްބޭނިއޭ ޔާމީނު ވެރިކަމުގައި ވަރަށޭ ވަރަށޭ ސާފްވީ
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރިން ހައްތާވެސް ސިޔާސީ މައިދާނުގައި އުޅެނީ ޓޮމެން ޖެރީ މުޅިންވެސް !