ޚަބަރު

ރިޔާސީ ކެންޕެއިން ނިމުނުއިރު ދަރަންޏެއް ނޯންނާނެ، ފައިސާވީ އިތުރު: ރައީސް ޔާމީން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރެއްވިއިރު، އިންތިޚާބުގެ ކެންޕެއިނަށް ފައިސާ ޚަރަދުކޮށް ދަރަނިވެރިވެފައި ނުވާނެ ކަމަށާއި، އިންތިޚާބަށް ޚަރަދު ކުރަން ލިބުނު ފައިސާވީ އިތުރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންއާ ދެކޮޅަށް މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ކުރީގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ހެކި ބަސް ދެއްވާފައެވެ. މި ހެކި ބަހުގައި ވިދާޅުވެފައިވަނީ، އެމްއެމްޕިއާރުސީގެ ޚިޔާނާތަކީ ރައީސް ޔާމީންގެ ކެންޕެއިން ޚަރަދުތައް ހަމަޖައްސަވަން ފެށި ކަމެއް ކަމަށެވެ.

ރޭ ރައީސް ޔާމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ކޯޓުގައި ހިނގި ކަންކަން ވަރަށް ސާފުކޮށް ވަނީ ކިޔާދެއްވާފައެވެ. މިގޮތުން ރައީސް ޔާމީންގެ ވަކީލުން ކޯޓުގައި ދެއްކެވި ވާހަކަފުޅުތައް ތަކުރާރު ކުރެއްވިއެވެ.

"ރައީސް ޔާމީން ކެންޕެއިންގައި، ޚަރަދު ކުރުމާއި ފައިސާ ހޯދުމާއި މިކަންކަމުގައި އިސްބޭފުޅަކަށް، ނުވަތަ އެއް ވެސް ދައުރެއް އަދާ ކުރެއްވިންތޯއޭ. ނޫނެކޭ، ނޫޅުއްވަމޭ. ދެން އަޅުގަނޑުމެން ކުރި ސުވާލަކީ ނާޒިމް އުޅުއްވިންތޯއޭ ރައީސް ޔާމީންގެ ކެންޕެއިނަށް އެއްވެސް ތާކުން ފައިސާ ހޯއްދަވަން. ޖަވާބަކީ ނޫނެކޭ. ދެން ތިންވަނަ ކަމަކަށް އަޅުގަނޑުމެން ދެންނެވީ، ރައީސް ޔާމީންގެ ކެންޕެއިނަށް ޚަރަދުވީ ކިހާ ފައިސާއެއް ތޯއޭ. ނޭނގެއޭ" ނާޒިމަށް ކުރި ސުވާލުތަކާއި ޖަވާބުތައް ތަކުރާރު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ކެންޕެއިންގެ ޚަރަދުތައް ބަލަހައްޓަން އެއްވެސް ހައިސިއްޔަތެއްގައި ނޫޅޭ މީހަކު އިންތިޚާބު ނިމުނުއިރު ދަރަނިވެރި ވެފައިވާކަން އިނގޭނީ ކިހިނެތްތޯ ވަނީ ސުވާލު އުފައްދަވާފަައެވެ. އަދި މިއީ ހަމަަ ބުއްދިން ވިސްނާ މީހަކު ޤަބޫލު ކުރާނެ ވާހަތަކެއް ނޫން ކަމަށާއި މި ވާހަކަތަކަކީ މީހުންނަށް ވިއްކަން ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބު ނިމިގެން ދިޔައިރު، ރައީސް ޔާމީންގެ ކެންޕެއިންގެ ދަރަންޏެއް ނެތޭ، ނަމަވެސް ފައިސާ އިތުރުވި" ކެންޕެއިންގެ ޚަރަދުތަކާއި ގުޅޭ ގޮތުން ވިދާޅުވިއެވެ.

ފައިސާ އިތުރުވި ގޮތް ކިޔައިދެމުން ރައީސް ޔާމީން ވިދާޅުވީ، އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އެފަރާތްތަކުން ލަފާ ކުރީ ކެންޕެއިނަށް، ޓީމުން ތިބިތަނަށް ކަމަށެވެ. ނަމަވެސް ދޮޅު މަހެއްހާ ދުވަހު ނަސަންދްރާގައި އެފަރާތްތަކުން ތިބީ ހިލޭ ކަމަށް ފާހަގަ ކުރެއްވިއެވެ. މިކަމަށް 35 މިލިޔަން ޚަރަދުވާނެ ކަމަށް ލަފާ ކުރި ނަމަވެސް. އެމަނިކުފާނުގެ ޅިޔަނުގެ ތަނެއް ކަމަށްވާ ނަސަންދްރަ ދެއްވީ ހިލޭ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. މިކަލޭގެ

    މުލި ވަގު ހަދާނީ ހުސް ދޮގުކަން އެންމެންވެސް ހަދާންކުރާތި! ތިކަލޭގެ ތެދެއް ނުހަދާނެ.