ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަންގެ ޒިންމާ ނަންގަވަން ޖެހޭނީ ޔާމީން: ނާޒިމް
ވެރިކަމުގައި އޮތްއިރު, ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހޭނީ ރައީސް ޔާމީން ކަމަށް, އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައިވަނީ, ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގިއިރު, އެކަން އެނގި ވަޑައިނުގަންވާތޯ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން ރައީސް ޔާމީން ވިދާޅުވީ ވެެރިކަމުގައި ހުންނަ ފަރާތްތަކުން ހުރިހާ ކަމެއް އެނގޭން ނުޖެހޭ ކަމަށެވެ. އަދި ކަންކަން ހަވާލުކޮށްފައި ޤާނޫނުން މަތިކޮށްފައި ބަޔަކު ތިބޭނެ ކަމަށާއި ކަންކަން ތަޙްޤީޤް ކުރަން ޖެހޭނީ އެފަރާތްތަކުން ކަމަށް ވިދާޅުވިއެވެ.
”އެއީ ރައީސަށް އެކަނި ކުރެވޭނެ ކަންކަމެއް ނޫން ދެއްތޯ. ޤާނޫނީ ވުޒާރާތަކާއި މުއައްސަސާތަކުގައި މިތެބެނީ ވަރުގަދަ ހުވާކޮށްގެން ތިބި މީހުން” ރައީސް ޔާމީން ވިދާޅުވީ މުޒާރާ ހިންގަން ތިބި ފަރާތްތައް ކުށްވެރި ނުވެފައި, ރައީސް އެކަނި ކުށްވެރިވުމަކީ ކަން ހިނގަން ޖެހޭ ގޮތް ނޫން ކަމަށެވެ.
މިކަމަށް ރައްދު ދެއްވަމުން ނާޒިމް ވިދާޅުވީ, ރައީސް ޔާމިނުގެ ވެެރިކަމުގައި ހިނގައިދިޔަ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ، ދައުލަތާއި އަދި ސަރުކާރުގެ އެންމެމަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސް ޔާމިން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ, ކަންކަން އެނގިވަޑައިނުގަތީ ޒިންމާ އަދާ ނުކުރެވޭތީ ކަމަށެވެ.
ވެރިކަން ބޭނުންވާވަރަކަށް ކޮސްވެސް ގޮވޭނެ ބަގާވާތް ކުރިދުވަހުގެ ޒިންމާ މަނިކުފާނު ނުނަންގަވަނީ ކީއްވެތޯ؟
މައިކު ހިފައިގެން ހުރީ ކާކު ކޯއްޗެއް ކިޔަންތޯ؟
ޔާމީނޭކިޔާގެންއެއްޗެކޭ ނުވީދިނުބުރެވެނީތަ ތިހާ މޭތެޅެއޔާ ކުރިމަތި ނުލީމަވީނު
އެމްއެންޕީ އާރުސީގެ ފައިސާގަ ކާނަލް ނާޒިމް ނުޖެހޭކަމަށް ކަށް ނުވާނެ 6މިލިއަން ދިރުވާލި ޔާމީންގެ ސަރުކާރު ތެރޭ ހުރެ ގާސިމާ އެއްބާވެގެން އަދީބުގެ ދުސްމަނެއް ކަމަށް ބޭރުފުށުން ދަކައިގެން ހުރެ ވަރަށް ރޭވުންތެރި ކަމާެި އެކު މީ ހަގީގަތް ތީ ކޮންމެ ސަރުކާރެއް ދަވާލާ މީހެއް
ރޔާމީން ސަރުކާރުގަ ޑިފެންސުމިނިސްޓަރަކަށް ހުރެ ފިސްތޯލަ ގެންގުޅުން ޒިއްމާ ނަގަން ޖެހޭނީ ހަމަ ނާޒިމް، ރޔާމީނޭ ކިއައިގެން ކޮން އަނގައެއް ދިޔާކުރާކަށް މި ނާޒިމް މިއުޅެނީ؟
ރޔާމީން ނޫސްވެރީނާ ބައްދަލު ކުރަށްވާ ދެއްކެވީ މުޅީންވެސް ތެދުކަން ޔަގީން ވަނީ މި ނާޒިމްމެން ތަޅާ އަނގައިން، ކޮއްމެއަކަސް، ރޔާމީން ރޭގަ ނޫސްވެރީންނާ ބައްދަލު ކުރެއްވުން ހޭލާތިބެގެން އެބައިމީހުންބަލައިފި ކަން ޔަގީން،
އެންމެން ވެގެން ވައްކަން ކޮށްފައި އެކެއްގެ ބޮލުގައި އަޅުވަން އެއީ ރަގަޅުގޮތެއްނޫން، ވައްކަންކުރި އެންމެން ޒިންމާ ވާންޖެހޭ !