ލައިފްސްޓައިލް

މި މީހާގެ ބަނޑަށް ދެ އަހަރު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އާންމު ހާލަތުގައި މީހާގެ ބަނޑުބޮޑުވަނީ ބަލިވެ އިނުމުންނެވެ. އަދި ބަލިވެއިންނަތާ 9 މަހާއި ދިހަ ދުވަސް ތެރޭގައި ވިހައެވެ، ނަމަވެސް މި މީހާގެ ވާހަކަ ތަފާތެވެ. މި މީހާގެ ބަނޑު މިގޮތަށް ބޮޑުކޮށް ހުންނަތާ ދެ އަހަރު ވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާގެ އަވަށަކަށް ނިސްބަތްވާ ހުއާން ގޯޒިއަންގެ ބަނޑު ގޮތް ނޭނގޭ ބައްޔެއްގެ ސަބަބުން ބޮޑުވަމުން އަންނަތާ މިހާރު ވަނީ ދެ އަހަރުވެފައެވެ. އުމުރުން 36 އަހަރުގެ ހުއާން ގެ ބަނޑުގައި މިހާރު 20 ކިލޯ ހުރެއެވެ.

ބަނޑު ބޮޑުވުމުގެ ސަބަބުން އޭނާ ހެލިފެލިވެ އުޅުމަށާއި ނިދާ އުޅުމަށް ވެސް އުނދަގޫވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހުއާން ބުނެފައިވާ ގޮތުގައި އޭނާގެ ބަނޑު މީގެ ދެ އަހަރުކުރިން ރަނގަޅަށް ހުރި ނަމަވެސް ވަރަށް ގަދައަށް ތަދުވުމަށްފަހު ބޮޑުވާން ފެށީއެވެ. އަދި ކައިރި ހިސާބެއްގައި ހުރި ޑޮކްޓަރަކަށް ދެއްކުމުން ތަދު ފިލައިގެން ދިޔަ ނަމަވެސް ބަނޑު ބޮޑުވަމުން އައި ކަމަށް އޭނާ ބުނެފައިވެއެވެ.

މިއާއެކު ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދައްކާނެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ހުއާން ވަނީ އޭނާ ޑޮކްޓަރަށް ދެއްކުމަށް އާންމުންގެ އެހީއަށް އެދިފައެވެ. އެގޮތުން އެ ހަރަދަށް އޭނާ ޖުމްލަ 3290 ޕައުންޑްސް ބޭނުންވާ ކަމަށް ހުއާން ބުނެފައިވެއެވެ.

Ads by Ooredoo
  1. ފާތުމަ

    އަޅެ ކޮންމެ އެއްޗެއް ޅިޔނަސް މީހަކަށް ކިޔަން އިގޭގޮތަ ލިޔެބަލަދޯ

    • ފުޅު

      ލިޔުން ރަނގަޅު! އެހެން ބުރައުޒަރަކުން ޓްރައި ކޮށްލަބަލަ!

  2. މަކުނު

    ޙައްހާ