ޚަބަރު ސިޔާސީ

ހުރިހާ ބާރެއް ލިބުނުތާ 04 އަހަރުވަނީ, ދިރިއުޅުން ތާހިރުވެއްޖެއެއްނު: މަލީހް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ހުރިހާ ބާރެއް އެމްޑީޕީއަށް ލިބުނުތާ 04 އަހަރު ވަނީކަމަށާއި, ނަމަވެސް އެއްވެސްކަމެއް ރަނގަޅެއްނުވިކަމަށް ވިދާޅުވެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެެއެވެ.

Ads by Hajj Corporation

މަލީހް މިއަދު ވިދާޅުވީ ‏އިޖްތިމާޢީ ގޮތުން ރާއްޖެ ބަނގުރޫޓްކޮށްފި ކަމަށާއި, 17 އަހަރުން އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހިންގެ ބަދު ނަސީބު ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގެ ޝިކާރައަކަށް ނުވާ ކުއްޖަކު ނެތް ގޭބިސީއެއް ނެތް ކަމަށާއި, މަގުމަތީ ނިދާ ކުދިން މަދެއް ނޫންކަމަށް ވެސް މަލީހް ވިދާޅުވިއެވެ.

''ދީނުގައި ހަރާމްކުރެއްވި ކަންކަން އާންމުވެއްޖެ.'' މަލީހް ވިދާޅުވިއެވެ.

މަލީހް ވަނީ ހުރިހާ ބާރެއް އެމްޑީޕީއަށް ލިބުނުތާ 04 އަހަރު ވަނީކަން ފާހަގަކުރައްވައި, މި ސަރުކާރަށް އެއްވެސްކަމެއް ރަނގަޅެއްނުވިކަމަށް ވެސް ވިދާޅުވެފައެވެ.

އެ ގޮތުން ޕާޓީ މެންބަރުންނަށް ވި ހުރިހާ ވަޢުދާއި ކެނޑި ހުރިހާ ފޮނިބައިސާގައި ކުލަޖެއްސުނީ ކިހާ ވަރަކަށްތޯ މަލީހް ސުވާލުކުރެއްވިއެވެ.

''ދިރިއުޅުން ތާހިރުވެއްޖެ ތޯ. ޖަޒީރާ ރާއްޖެއަށް ކޮބާ. މައުމޫނިޒަމް ނިމިއްޖެ ތޯ. މަސްތުވާ ދޮރު ބަންދުވެއްޖެ ތޯ. ކަރަންޓު އަގު ހެޔޮވެއްޖެ ތޯ.'' މަލީހް ސުވާލު ކުރެއްވިއެވެ.

Ads by Allied Insurance
  1. ތާޑީ

    ތިހިރީ މިނިސްޓަރު ކަމުންބޭރުކޮއްލާފާ ދެން މޮޅުސުރުޚީ އަޅައަޅާ ހުރޭ ސުބުހުބޭ

  2. ލާހޫރޭ

    ކިތަންމެ ވަރަކަށް ތެޅި ބޭލިއަސް ކަލޭއަކަށް ސިޔާސީ ކުރިމަގެއް ނެތް. އަނގަ ހިމޭ ނުންލައިގެން ހުރެވޭތޯ ބަލާ!!!