ދުނިޔެ

އިންޑިއާގެ މިނިވަންކަމަށް 75 އަހަރު, އިޤްތިސޯދީ ގޮތުން ހަވަނައަށް އެންމެ ވަރުގަދަ ޤައުމަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގައި ކޮންމެ އަހަރަކުވެސް އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހަކީ 1947 ވަނަ އަހަރު އޭރު އިންޑިއާގައި އިނގިރޭސިވިލާތުން ކުރަމުންއައި ވެރިކަން ނިމުމަކަށް އައިސް އަމިއްލަ މިނިވަންކަން ލިބުުނު ދުވަހެވެ. އަދި މިއީ ހަމަ އެ އަހަރު އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑު ދަންވަރު އިންޑިއާ އާއި ޕާކިސްތާން ދެ ގައުމަކަށް ބަހާލާ، މިނިވަން ދެ ޤައުމެއްގެ ގޮތުގައި ކަނޑައެޅި ދުވަހެވެ. (ޕާކިސްތާނުގައި މިނިވަން ދުވަސް ފާހަގަކުރަނީ އޮގަސްޓް 14 ގައެވެ.)

Ads by WAMCO

އިންޑިއާގައި އިނގިރޭސިންގެ ވެރިކަން ފެށުނީ 1757 ވަނަ އަހަރު ޕްލާސީ ހަނގުރާމައިގައި އިނގިރޭސިންނަށް ލިބުނު ކާމިޔާބީއަށްފަހު، އިނގިރޭސި އީސްޓް އިންޑިއާ ކޮމްޕެނީން އެ ގައުމުގެ މައްޗަށް ކޮންޓްރޯލް ހޯދާ، ވެރިކަމާ ހަވާލުވި ހިސާބުންނެވެ. އީސްޓް އިންޑިއާ ކޮމްޕެނީން 100 އަހަރު ވަންދެން އިންޑިއާގައި ވެރިކަން ކުރިއިރު، 1857 ވަނަ އަހަރު އިންޑިއާއިން އީސް އިންޑިއާއާ ދެކޮޅަށް މިނިވަން ވުމަށް ކުރި ބަޣާވާތުގެ ސަބަބުން ސީދާ އިނގިރޭސި ވެރިކަމެއް އިންޑިއާގައި ކުރެވެން ފެށުނެވެ.

އިންޑިއާގެ މިނިވަންކަމުގެ ހަރަކާތް ފެށުނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ. އެ ހަރަކާތުގައި އިސްކޮށް އިނގިރޭސިވިލާތުގެ ހުންނަވައިގެން ވެރިކަން ސުލްހަވެރިކަމާއެކު އަނިޔާވެރި ނޫން ގޮތަކަށް ނިމުމަކަށް ގެނައުމަށް ވަކާލާތު ކުރެއްވި މޮހަންޑާސް ކަރަމްޗަން ގާންދީ ނުވަތަ މަހާތްމާ ގާންދީއެވެ.

އިންޑިއާއަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެން ޤައުމު ދިޔައީ ތަރައްޤީ ވަމުންނެވެ. އިނގިރޭސިން ލޫޓުވުމުން ލިބުނު ނިކަމެތިކަން މިއަދު ފިލައިގެން އިންޑިއާ ދަނީ އިޤްތިސޯދީ ގޮތުން ތިޔާޤިވަމުންނެވެ. މިވަގުތު ދުނިޔޭގައި ހަ ވަނައަށް އިޤްތިސޯދު އެންމެ ވަރުގަދަ ޤައުމަކީ އިންޑިއާއެވެ.

Ads by HDC
  1. 14 އޯގަސްޓަކީ ޕާކިސްތާނުގެ މިނިވަންދުވަސް، ޕާކިސްތާނު އުފެދުނީ މުސްލިމުންގެ ހިލާފަތު ވެއްޓުނުތާ އަހަރުތަކެއްފަހުން،
    މުސްލިމުންގެ ހިލާފަތު ވެއްޓި މުސްލިމުން ކުދި ޤައުމުތަކާއި ޖަމާޢަތެއްގެ ގޮތުގައި މުސްލިމުންގެ ޢިމާމަކު ހަލީފާއަކު ނެތި އިގިރޭސިންގެ އަޅުވެތި ކަމުގެ ދަށުގައި ހަމަ މިހެން އުޅެންވީތޯ އަދިވެސް ؟؟