ޚަބަރު

ސަރުކާރުގެ ސްޓްރެޓެޖީ އަކީ ގައުމު ހިންގަން ނޭނގުމުން ހުރިހާ ކަމެއް ކޮވިޑާ މަތިކޮށްފައި ކަމުން ރެކުން: މުއިއްޒު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ސަރުކާރުގެ ސްޓްރެޓެޖީ އަކީ ގައުމު ހިންގަން ނޭނގުމުން ހުރިހާ ކަމެއް ކޮވިޑާ މަތިކޮށްފައި ރެކުން ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކަށް ވެސް ކޮވިޑް ދިޔަ ކަމަށާއި އޭގެ ތެރެއިން ގިނަ ގައުމުތަކުން ރަނގަޅު މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ރިކަވަރީ ސްޓޭޖަށް ގޮސް ގައުމު އާރާސްތު ކުރަން ފަށައިފި ކަމަށެވެ. އަދި އެ ގައުމުތަކުން ބަހަނާ ނުދައްކާ ކަމަށާއި ދެއްކީ ލީޑަޝިޕް ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމު ހިންގަން ނޭނގުނީމާ ހުރިހާ ކަމެއް ކޮވިޑް-19 އާ މަތިކޮށްފައި ރެކުންތޯ ސްޓްރެޓެޖީ އަކީ؟" މުއިއްޒު ސުވާލު ކުރެއްވިއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުގެ ގިނަ ނިންމުންތަކަށް އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރު ހުޅުވާލައިގެން މާ ގިނަ ޓޫރިސްޓުންތަކެއް ނާންނައިރު ރާއްޖެއިން ވެފައި އޮތް ތައްޔާރީތަކާ މެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!