ޚަބަރު ސިޔާސީ

ސުމާރެއް ނެތި އެ މީހަކު ހިތަށް އެރި އެއްޗެއް ބުނުމުގެ މިނިވަންކަން މިއަދު އެބައޮތް: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: އެމްޑީޕީ

އެ މީހަކު ހިތަށް އެރި އެއްޗެއް ބުނެ, ލިޔެ ފާޅުކުރުމުގެ މިނިވަންކަން މިއަދު އެބައޮތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސޯޝަލް ސެންޓަރުގައި އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ އެއްވެސް ހިފެހެއްޓުމެއް ހުރަހެއް ސުމާރެއް ނެތް މިންވަރަށް އެ މީހަކަށް ފެންނަ ގޮތަކަށް ހިތަށް އެރި ވާހަކައެއް ލިޔެ, ބުނެ ފާޅުކުރުމުގެ މިނިވަންކަން މިއަދު ރާއްޖޭގައި އެބަ އޮތް ކަމަށެވެ.

''މިކަމާ އެއްކޮޅު ބޭފުޅުން އަދި ކީއްކުރަންތޯ ދެކޮޅު ހެއްދެވި ބޭފުޅުން ވެސް މި ޙައްޤުގެ ބޭނުން ކުރައްވާ މިންވަރުގާ އަމުދުން މިހާރު ހައްދެއް ނެތް.'' ރައީސް ޞާލިޙް ވިދާޅުވިއެވެ.

ވަކި ބޭފުޅެއްގެ ނަން ހާމަނުކުރައްވައި ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމަށް ރައްދު ދެއްވުމުގެ ގޮތުންކަމަށް ބެލެވެއެވެ.

ރައީސް ޞާލިޙް އަންހެނަކާއެކު ބަދުއަޚްލާޤީ އަމަލު ހިންގަވާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އަތްޕުޅުގައި އެބަ އޮތްކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ތުހުމަތުކުރައްވާފައެވެ. ނަމަވެސް ފަހުން ވިދާޅުވީ އެފަދަ ތުހުމަތެއް ނުކުރައްވާ ކަމަށެވެ.

Ads by HDC
  1. ޤާދިރު

    އަޅެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީވިއްޔާ