ޚަބަރު ސިޔާސީ

2023 ގައި ކޯލިޝަން އޮންނާނެކަމަށް ދެކުމީ ''އަވާމެންދުރެއް'' : ނަޝީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އަންނައިރު ސަރުކާރު ކޯލިޝަނުގައި މިހާރު ހިމެނޭ ޕާޓީތައް އެކުގައި އޮންނާނެކަމަށް ދެކުމަކީ ''އަވާމެންދުރެއް'' ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ނަޝީދު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށްދާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއެކުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތައް އޮންނާނެކަމަށް ދެކެގެންނުވާނެ ކަމަށެވެ. އަދި އެ ގޮތަށް ދެކެވިއްޖެނަމަ އެ ތިބެވެނީ އަވާމެންދުރެއްގައިކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''މިއީ 2018 ވަނަ އަހަރެއް ނޫން. އެ ދުވަހު އަޅުގަނޑުމެން އިންތިޚާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި. ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ.''

ނަޝީދު ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތައް މިހާރު އަންނަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެއީ އެކަން އޮންނަންޖެހޭ ގޮތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

''އެހެންކަމުން ޢިއްޒަތްތެރި ރައީސް, ރައީސްގެ އަރިހުން އަޅުގަނޑު އެދެނީ ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައި ތިއްބައިގެން ކުރިއަށް ވަޑައިގެންނެވުން. އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ކާމިޔާބު ހޯދޭކަށް ނެތް.'' ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ކުރިން ވެސް ހާމަކޮށްފައިވާނެކަން ފާހަގަކުރައްވައި ދާދިފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ އަދިވެސް ރާއްޖެއަށް ރަނގަޅުވާނީ ކޯލިޝަނެއްގެ ގޮތުގައި އެކުވެގެން އުފެދޭ ސަރުކާރެއް ކަމަށާއި, ކޯލިޝަނަކާ ހިސާބަށް ދެވޭނީ ޕާޓީތެރެއިން އެ މަނިކުފާނަށް ކެންޑިޑެންސީ ކަށަވަރުވުމުން ކަމަށް ކަމަށެވެ. އަދި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ, އިސްލާހުކުރަންޖެހޭ ކަންތައްތައް ހުރި ޤައުމަކަށްވާއިރު ގިނަ ފަރާތްތަކެއްގެ ޚިޔާލު އެކުވެގެން ނުކުންނަ ނަތީޖާ މާ ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވަނީ އެ މަނިކުފާނާއެކީ މަސައްކަތް ކުރެވޭނީ ކޮން ބަޔަކަށްތޯ ބަލައި އެކަމާ ވާހަކަދައްކަވަމުން ގެންދަވާނެކަމަށް ވެސް ވިދާޅުވެފައެވެ.

''އަޅުގަނޑު ވާހަކަ ދައްކަމުން ގެންދާނަން އަޅުގަނޑާ އެކީ މަސައްކަތް ކުރެވޭނީ ކޮން ޕާޓީތަކަކާ އެކުގައިތޯ. ކޮން ބަޔަކާ އެކީގަތޯ ކުރިއަށްދެވޭނީ މިކަން ކުރެވޭނީ. ބަލާފަ އެއާއެކީގަ އަޅުގަނޑު ކުރިއަށްދާނަން.'' މީގެ ދެ ދުވަހެއް ކުރިން ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

Ads by Ooredoo
  1. ދައުލަތުގެ ދަރަނި ބޮޑުވާ ސަބަބު :
    1/ ދައުލަތަށް އާމްދަނީ ލިބޭވަރަށް ވުރެން އިތުރަށް ހަރަދުކުރުން .
    2/ ރިބާ ލޯނުގެ ދަރަނި ދައުލަތުން ނެގުން ،އިސްރާފު ކުރުން.
    3/ ދައުލަތުގެ މުދާ މެނޭޖް ކުރަން ނޭގުން
    4/ ދައުލަތުގެ މުދާ ރަގަޅަށް އިންވެސްޓް ކޮށްގެން އާމްދަނީ ހޯދަން ނޭގުން
    5/ ދައުލަތުގެ މާލިއްޔަތުން ސިޔާސީ ވަފާތެރި ކެހިވެރިން ވައްކަން ކުރުން .

  2. މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !