ދުނިޔެ

ވާރޭ ނުވެހޭތީ ޗައިނާގައި ޔެލޯ އެލާޓް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވާރޭނުވެހި ގިނަ ދުވަސްވެ، ހޫނުގަދަވުމާ ގުޅިގެން ޗައިނާގެ ބައެއް ސަރަޙައްދުތަކަށް ހަނަފަސްކަމާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު ކޮށް، ރީނދޫ ސަމާލު އިޢުލާނު ކޮށްފިއެވެ. ހަނަފަސްކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޗައިނާގެ ޔެންގްޓްޒީ ކޯރު އޮންނަ ސަރަޙައްދަށެވެ.

Ads by Sosun Fihaara

އެ ސަރަޙައްދުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް އަލިފާން ނިއްވާ މީހުންގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެއެވެ. އަދި، އެ ސަރަޙައްދުގައިވާ ދަނޑުބިންތައް ގަދަ ހޫނުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށް ވެސް ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހަނަފަސްކަމުގެ އަސަރު ސިޗުއާން ޕުރޮވިންސުން ފެށިގެން ޝެންގްހާއީއާ ދެމެދުގައި އޮތް ހުރިހާ ސަރަޙައްދަކަށް ކޮށްފައި ވާއިރު، މިއީ މޫސުމަށް އަންނަމުން ނޭދެވޭ ބަދަލުތަކުގެ އަސަރުތައް ކަމުގައި ޗައިނާއިން ޤަބޫލު ކުރެއެވެ. އެ ސަރަޙައްދުގައި އިޢުލާނު ކޮށްފައިވާ ރީނދޫ ސަމާލަކީ ތިންވަނައަށް އެންމެ މަތީ ދަރަޖައިގެ ސަމާލެކެވެ.

ހަނަފަސްކަމާ އެކު އެ ސަރަޙައްދުގެ ގިނަ ފެންގަނޑުތަކަކާއި ކޯރުތަކެއް ވަނީ ހިނދިފައެވެ. މީގެ ތެރެއިން ޖިއާންޝީ ޕުރޮވިންސުގައި އޮންނަ ޕޮޔަންގް ލޭކްގެ ފެންގަނޑުގެ ހަތަރުބައިކުޅަ ތިންބައި އެއްކޮށް ހިނދިފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.

ޗޮންގްކިންގް ޕުރޮވިންސުގެ 34 ކައުންޓީއެއްގެ ތެރެއިން ދަތުރުކުރާ 66 ކޯރެއްގެ ފެންގަނޑު މުޅިން ހިނދިފައިވާ ކަމަށް ވެސް ޗައިނާއިން ބުނެއެވެ. އެހެން އަހަރުތަކާ އަޅައިބަލާއިރު، އެ ޕުރޮވިންސަށް މި އަހަރުގެ ވިއްސާރަ މޫސުމުގައި ވާރޭ ވެހިފައި ވަނީ 60 އިންސައްތަ މަދުންނެވެ. އެ ޕުރޮވިންސުގެ އުތުރުން އޮންނަ ބެއިބެއިގައި ފިނިހޫނުމިން ވަނީ 45 ޑިގްރީ ސެލްސިއެސްއަށް އުފުލިފައެވެ. އަދި، އިތުރު 10 ދަށެއްގައި ފިނިހޫނުމިން ރެކޯޑް ކުރެވިފައި ވަނީ 37 ޑިގްރީ ސެލްސިއެސްއަށް ވުރެ މަތިންނެވެ.

Ads by Ooredoo
  1. ސައްލި

    ވަރަށް އާދަޔާއި ހިލާފު އެލާޓް، އަޅުގަޑުމެން އަބަދު އަޑު މިއަހަނީ ވިއްސާރަވެ ކަންޑު ގަދަވެ ވައިގަދަވެގެން ރީދޫ އެލާޓް ނެރޭތަން އެކަމަކު މިއޮތީ މުޅިން ތަފާތު ކަމެއް ދިމާވެގެން އެލާޓް ނެރެފައި ހަނަފަސްވެ ހޫނުގަދަވެ އަލިފާން ރޯވެގެން !