ހައިވޭގައި ދުއްވާފައިދިޔަ ފުލުހުންގެ ކާރެއް ފުރޮޅާލައިފި
ސިނަމާލޭ ބުރިޖު ހައިވޭގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައި ހިނގި އެކްސިޑެންޓެއްގައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެެވެ.
ހައިވޭގައި ދުއްވާފައިދިޔަ ޕޮލިސް ކާރެއް ފުރޮޅާލައިފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ރޭ މެންދަމުގައެވެ.
ކާރު ފުރޮޅައިލިއިރު އޭގައި ތިބި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައެވެ. ފުލުހުން ބުނީ އެ މީހުންނަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށެވެ.
އެ ކާރު ފުރޮޅާލައިފައިވާއިރު, އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ފެންނަ ގޮތުގައި އެ ކާރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.
ޚިޔާލަކީ އެއީޕޮލިސްކަމުގައިވިޔަސް ކާރުނުދުއްވޭވަރުގެމޮޔައިންނަށް ކާރުދުހުއްވަންހަވާލުކުރީމައި ވާނީތިޔަހެން ކާރުހަލާކުވިޔަސް އެމީހުންނަށްކޮންކަމެއް އެއީ ހަމަ ސަރުކާމާލުހޭ