ހަތް އުޑުމަތިން ބާއްވައިލެއްވި ކަލާމްފުޅުގެ އަޑު މިސްކިތުން ބޭރަށް ނީއްވުމަށް އިމާމުންނަށް އަންގައިފި
ހަތް އުޑުމަތިން މާތް ﷲ ބާއްވައިލެއްވި ބަސްފުޅުގެ އަޑު މިސްކިތުން ބޭރަށް ނީއްވުމަށް ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
މިނިސްޓްރީން އެ ގޮތަށް އެންގީ ބައެއް މިސްކިތްތައް ހުންނަ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ލިބެމުންދާތީ ކަމަށް ބުނެއެވެ.
އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ދައުރު ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން, ބައެއް މިސްކިތްތަކުގައި ބަންގި ގޮވާއިރު ޖައްސާފައި ހުންނަ ލައުޑް ސްޕީކަރު ކަނޑާނުލައި ނަމާދުކުރާތީ މިސްކިތް ހުންނަ ސަރަހައްދަށް ވަރަށް ބާރަށް އަޑު ހުރެއެވެ. އަދި އުސް ޢިމާރާތްތައް ހުންނައިރު ލައުޑް ސްޕީކަރު ހުންނަނީ ސީދާ ޢިމާރާތްތަކާ ދިމާއަށްކަމަށްވާތީ އެ ސަރަހައްދުތަކުގައި މީހުން އުޅޭ ގޭގެއިން އެކަމުގެ ޝަކުވާކުރާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ގޮތުން ނަމާދުކުރާ ގަޑިތަކުގައި ބޭރަށް އަޑުނީވޭ ގޮތް ހަދަން އެންގީ ޝަކުވާލިބޭ ސަރަހައްދުތަކުގައި ހުންނަ މިސްކިތްތަކުގެ އިމާމުންނަށް ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެއީ ކިތައް މިސްކިތްކަމެއް ނުވަތަ އެއީ ކޮން ސަރަހައްދެއްގައި ހުންނަ މިސްކިތްތަކެއްކަމެއް ނުބުނެއެވެ.
މިނިސްޓްރީން ބުނީ ނަމާދުކުރާ އަޑު ބޭރަށް ނީވުނު ނަމަވެސް މިސްކިތާއި މިސްކިތު ގޯތިތެރެއަށް އިވޭނެ ކަމަށެވެ.
ފަސްވަގުތު ޖަމާޢަތުގައި މިސްކިތްތަކުގައި ކުރެވޭ ނަމާދު ގެ އަޑު މިސްކިތުން ބޭރަށްވެސް އިވެންޖެހޭ ކޮންމެސް ވަރަކަށް ، ދަރިން ނަމާދު ދަސްކޮށް ނަމާދުކުރަން އާދަވެ ނަމާދު މަތިން ހަދާންވާނީ ނަމަދު ކުރާތަނާއި އަޑު އިވިގެން ! އިސްލާމް ދީނުގެ މިބޮޑު ޝިޢާރު ފާޅުކަން ބޮޑުކޮށް ފާޅުވާންޖެހޭ، އިސްލާމީ ޤައުމާއި ޢައިރު މުސްލިމް ޤައުމާއި ހުރި ފަރަޤަކީވެސް އިސްލާމީ ޝިއާރު ފާޅުވުން !