ޚަބަރު ޝަރުޢީ ދާއިރާ

ރަސޫލާގެ ސުންނަތުން ސާބިތުވާ ''ކަމެއް'' ކުށަކަށް ހަދައި ދަޢުވާ އުފުލައިިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޢަލީ މުނީޒު

ކީރިތި ރަސޫލާގެ ސުންނަތުގެ ތެރެއިން އައިސްފައިވާ ކަންކަމުގެތެރޭގައި ހިމެނޭ ކަމެއް ކުރިކަމަށް (އަމާޒަށް ތީރުޖަހަން ދަސްކުރުމުގެ ތުހުމަތުގައި) ބުނެ މީހަކަށް ދަޢުވާ އުުފުލައިފިއެވެ.

Ads by Sosun Fihaara

ތ.ތިމަރަފުށީ ކެނެރީގޭ ޢަލީ މުނީޒުގެ މައްޗަށް ދައުލަތުން އުުފުލާފައިވާ އެއް ދަޢުވާއަކީ, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުލަތުން ބުނީ 2019 ގެ ކުރީކޮޅުން ފެށިގެން އޭނާ ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމާއި, އަމާޒަށް ތީރުޖެހުމުގެ ތަމްރީނު ލިބިގަތުމާއި, ތ.ކަނިމީދުއަށް ގޮސް ވެސް އަމާޒަށް ތީރުޖެހުމާއި, ރާޅާ ދެކޮޅަށް ފަތަން ދަސްކޮށް, ތަންތަނަށް އެރުމުގެ އުކުޅު ދަސްކުރި ކަމަށެވެ. އެ ދަޢުވާއަށް އޭނާ އިންކާރު ކުރެއެވެ.

ޢަލީ މުނީޒް, 28, އާއި އިތުރު ބަޔަކު ހައްޔަރުކުރީ ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން އުޅުނުކަމުގެ ތުހުމަތުގައެވެ.

ދައުލަތުން މުނީޒުގެ މައްޗަށް ދެން އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ދަޢުވާއާއި, ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާތަކަށް ވެސް އޭނާ އިންކާރު ކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ މުނީޒުގެ މައްޗަށް ކުރާ ދަޢުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑަައަޅުއްވައި, ލިޔުމުން ދިފާޢީ ހެކި ހުށަހަޅަން މުނީޒަށް ފަސް ދުވަސް ދީފައެވެ.

Ads by Ooredoo
  1. ބުއްރޭ

    ރަސޫލާގެ ސުންނަތުން ސާބިތުވަނީ ސިހުރުވެރިއާގެ ބޯ ކަޑާލުން ވައްކަން ކުރާމީހާގެ އަތްކެޑުން ޒިނޭކުރާމީހާ ރަޖަމުކުރުން

    އެކަން ނުކޮށްގެން އުޅޭމީހަކު އެބަފެނޭތަ

  2. ހެވިކަންދަސްކުރުރުމަކީ ޓެރަރިޒަމުގެއަމަލެއްތަ

  3. އަވައްޓެރި މުސްލިމް ޤައުމެއްގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން އުޅޭއިރު ތައުޒިޔާއާއި ހަމްދަރުދީގެ ޝުޢޫރު ފާޅުކޮށް މެސެޖެއްވެސް ފޮނުވާލަން ނުކެރޭ ސަރުކާރެއްތޯ ؟

  4. ާއަޙްމަދު

    ޙަގީގީ ޓެރެރިސްޓުންނަކީ ޔަހޫދީން

  5. ފައިޒަން

    ކެނެރީގެކުއްތާބިރުގަންނަނީއިސްލާމްދީންކުރިއަރުވާކޮންމެމީހެއްދެކެ އޭނަބޭނުންވަނީމިތާންގައެއްޖިންސުންގުުޅުހިންގާފާހިސްއަމަލުފަތުރަން

  6. ޢަފްލާ

    ަތިމާމެންނަކި އިސްލާމް ދީން ނައްތާލުމަށް މަސައްކަތް ކުރާ ބައެކޭ ބުނެލަބަލަ ﷲ އެންގެވި ގޮތަށް އުޅޭ މިހުން ކުޑަ ހޮޅިއަށް ލާފަ އިސްލަމް ދީނަށް ފުރައްސާރަ ކުރާމީހުން ފިނި ކޮޓރީގަ ތިބުމަކިވެސް އިސްލާމް ދީނަށް ވެވޭ ފުރައްސާރައެއް