ލައިފްސްޓައިލް

މާ ގިނައިން ބަތް ކެއުމަކީ ވެސް ސިއްޙަތަށް ނުރައްކާތެރި ކަމެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މާ ގިނައިން ބަތް ކެއުމަކީ ހާޓްއެޓޭކް ޖެހުމަށް މަގުފަހިވާ ކަމެއްކަމުގައި ސައިންސްވެރިން ކުރި ދިރާސާއަކުން ހާމަ ވެއްޖެއެވެ. ބަތް ކެއުމުން ހާޓްއެޓޭކް ޖެހުމަށް މަގުފަހި ވަނީ އޭގައި ގުދުރަތީ ގޮތުން އުފެދިފައި ހުންނަ “އާސެނިކް” ނަމަކަށް ކިޔާ ކެމިކަލް ތަކެއްގެ ސަބަބުންނެވެ.

Ads by Hajj Corporation

އަދި ހަމައެހެންމެ ގިނައިން ބަތް ކާ 25 އިންސައްތަ މީހުން ތެރެއިން ކޮންމެ މީހެއްގެ ވެސް ހާޓްއެޓޭކް ޖެހުމުގެ 6 އިންސައްތަ އިތުރު ކަމަށް މިދިރާސާއިން ސާބިތުވެއެވެ. ގުދުރަތީ ގޮތުން ބަތުގައި އުފެދިފައިވާ މި ވިހަގަދަ ކެމިކަލްއަކީ ފުރާނައަށް ނުރައްކާތެރި ކެމިކަލް އެއްގެ ގޮތުގައި ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

މިނުރައްކާތެރި “އާސެނިކް” ނަމަކަށް ކިޔާ ކެމިކަލް އަކީ ވެލީގެ ޒަރިއްޔާއިން ހަނޑުލުގެ ތެރޭގައި އުފެދިފައިވާ ކެމިކަލްއެކެވެ. އަދި ހަމަ އެއާއެކު އެފަދަ ތަންތަނުގައި ބޭނުންކުރާ ގަސްކާނާގައި ވެސް ގިނަ އަދަދެއްގެ “އާސެނިކް” ހިމެނިފައި ހުރުމިގެ ސަބަބުން ހެދެމުންދާ ހަނޑޫތަކަށް އޭގެ ރާޙަތް ކުރާ މިންވަރު އިތުރުވެގެން ދާނެ ކަމަށްވެސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ބަތުގައި އެކުލެވޭ މި ވިހަގަދަ ކެމިކަލްގެ ސަބަބުން އިންސާނުންނަށް ގެއްލުންވާކަން ހާމަކުރި ނަމަވެސް ސައިންސްވެރިން ވިދާޅުވަނީ ބަތް ކެއުން އެއްކޮށް ހުއްޓާ ނުލުމަށެވެ. ނަމަވެސް މާގިނައިން ނުކެއުމަށެވެ. ބަތުގެ ސަބަބުން ފައިދާ ކުރާކަން ވެސް ހާމަ ކުރަމުން ސައިންސް ވެރިން ވިދާޅުވަނީ އޭގައި ގިނަ އަދަދެއްގެ ފައިބަރ އެކުލެވޭ ކަމަށެވެ. އަދި ބަތް ކާން ބޭނުންނަމަ ބޮޑު ހަނޑުލުގެ ބަދަލުގައި ބާސްމަތީ ހަނޑޫ ކެއުމަށް ވެސް ސައިންސް ވެރިން ވަނީ އިލްތިމާސް ކޮށްފައެވެ.

  1. އިމްރާން

    ދެންނެތެއްނުން ކާނެއެއްޗެއް..