މުޅި ރާއްޖެ ހިލުވައިލި އަލަމްގިރިގެ ޝަރީޢަތް މާދަމާ ފަށަނީ

ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
އަޑުއެހުން ތާވަލްކޮށްފައިވަނީ ހަވީރު 16:00 އަށެވެ. ޖިންސީ މައްސަލަތަކުގެ ޝަރީޢަތްތައް ބާއްވާ އުސޫލުގެ ދަށުން މި އަޑުއެހުން ވެސް ކުރިއަށް ގެންދާނީ ސިއްރުކޮށްގެންނެވެ.
ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލަމްގީރުގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާ އުފުލާފައިވެއެވެ. ނަމަވެސް ދަޢުވާތަކުގެ ތަފްސީލެއް ދައުލަތުން ހާމަކޮށްފައެއް ނުވެއެވެ.
އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ނާޒިމް ޢަބްދުއްސައްތާރާއި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ޢަބްދުއްރަޙްމާން ރަފީޤް (ދޮން ދިގު) އާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ, އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައިފައެވެ.
އިންޑިޔާއަށް ދިޔަ ކަލޭގެ ގާތުގަ ބުނެބަލަ ގެރު އަތުން ރަނގަޅު އެވޯޑެއް ގެނެސް މި ސޮރަށް އެ އޮންނަ އުވެންޓުގަ ދޭން .
ނޫނޭ ވާ ގަދަ ޅއއ.
ކެނެރީގެ އިން ބައްދަލުވި ދެވަނަ މިހާ؟؟؟