ދުނިޔެ

އިންޑިއާ ޓްވިން ޓަވަރ 12 ސިކުންތުގެ ތެރޭގައި ބިމާ ހަމަކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ ވެރިރަށް ދިއްލީއާ ކައިރި ހިސާބެއްގައި ހުރި އިންޑިޔާގެ "ޓްވިން ޓަވަރު" އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ޚާއްސަ ގޮތަކަށް ވައްޓާލުމަށް ނިންމައިފިއެވެ. "އިމްޕްލޯޑް ކުރުން" ކިޔާ ޚާއްސަ ޓެކްނިކެއް ބޭނުން ކޮށްގެން މި އުސް ދެޓަވަރު ވައްޓާލުމަށް ނަގާނެކަމަށް ވަނީ އެންމެ ބާރަވަކަށް ސިކުންތެވެ.

Ads by WAMCO

ސިއޭން އަދި އޭޕެކްސް ޓަވަރުގެ ނަމުން ނަންދީފައިވާ މިދެޓަވަރަކީ ސުޕަރޓެކް ކިޔާ އަމިއްލަ ޑިވެލޮޕަރަކު ހެދި ދެ ޓަވަރެވެ. ނަމަވެސް މިތަން އިމާރާތްކުރެވުނީ ގަވާއިދުތަކާ އެއްގޮތަށް ނޫންކަން އެނގުމުން ސުޕްރީމް ކޯޓުން ވަނީ އެ ދެ ތަން ވައްޓާލުމަށް އަމުރުކޮށްފައެވެ.

ތަނެއް ގޮއްވާލުމަށް "އެކްސްޕްލޯޑް" ކުރުމަކީ ގޮއްވާލުމުގެ ޝޮކް އެތެރޭން ބޭރަށް ހުންނަ ގޮތަށް ކަމަށްވާއިރު، އިމްޕްލޯޑް ކުރުމުގައި މި ޝޮކް ހުންނާނީ ބޭރުން އެތެރެޔަށްކަމަށް ވެއެވެ. އެހެން ކަމުން މިދެޓަވަރު ގޮއްވާލާއިރު ބޭރަށް ބުރައިގެން ދިއުމުގެ ބަދަލުގައި އިމާރާތުގެ ބައިތައް ވެއްޓޭނީ އިމާރާތުގެ އެތެރެޔަށެވެ. އަދި ޝޮކް ހިފެހެއްޓުމަށްޓަކައި އިމާރާތުގެ ތިރީ ފްލޯރތަކަށް ހުންނާނީ ބާވަތެއްގެ ހުއި އަދި ލުއި ފިލާ ޒާތުގެ އެއްޗެތި ވައްދާފައިކަމަށްވެއެވެ.

ސިއޭން އަދި އޭޕެކްސް ޓަވަރަކީ 31 ފަންގިފިލާގެ ދެޓަވަރެވެ. އިންޑިޔާގެ ޓްވިން ޓަވަރުގެ ނަމުން މީޑިޔާގައި ނަންދީފައިވާ މިދެ އިމާރާތް ހުންނަނީ ނޮއިޑާގެ ބައިބޯ ހިސާބެއްގައެވެ. މިތަން ވައްޓާލުމަށް 3،700 ކިލޯގެ ގޮވާތަކެތި ބޭނުން ކުރާއިރު، މިކަން ކުރިޔަށް ގެންދާނީ ތިން ގައުމެއްގެ އިންޖިނޭރުންގެ ބެލުމުގެ ދަށުންނެވެ. އެއް އިންޖިނޭރަކު ބުނި ގޮތުގައި މިތަން ވައްޓާލުމަށް ކުރެވޭ މަސައްކަތް ވެގެން ދާނީ އިންޖިނިއަރިންގގެ ދުނިޔޭގައިވެސް ވަރަށް ޚާއްސަ މަސައްކަތަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!