ޚަބަރު އިޖުތިމާޢީ

ފިރިހެން މީހާގެ ކަރަށް ވަޅިޖެހީ ޤާސިމް އިބްރާހިމްގެ ދަރިފުޅުކަމަށް ބުނެފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސަމާ ޤާސިމް

އަންހެނަކާއި ފިރިހެނެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅިޖެހީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިފުޅު ސަމާ ޤާސިމްކަމަށް ޕީޕީއެމްގެ ސެނެޓާ ޒާހިދު ރަމީޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޒާހިދު މިއަދު ވިދާޅުވީ ސަމާ ޤާސިމް ވަޅިޖެހީ ކުރީގެ ފިރިމީހާގެ ކަރަށް ކަމަށެވެ.

''އަހަރެން ހީނުކުރަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދުވަހަކުވެސް ޤާސިމް ދަށުވެ ވަޅި ޖެހުން ކަހަލަ ކަންކަމުގަ މަތި އަޅަން އުޅެދާނެ ކަމަކަށް. އެކްސް ހަސްބަންޑް ހުޝާމް ކަރަށް ވަޅި ޖެހީ މަރިޔަމް ސަމާ ޤާސިމް. ކޮބާ ފިރިހެނުންގެ ރައިޓްސް ނެތީތަ.'' ފުލުހުންނަށް ޓެގްކުރައްވައި ޒާހިދު ވިދާޅުވިއެވެ.

https://twitter.com/xahidcreator/status/1564472573521698816?t=Fc-tDWwwiB3k79RBap9mhQ&s=19

އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އާދިއްތަ ދުވަހުގެރޭގެ ވަގުތެއްގައެވެ.

ފުލުހުން އިއްޔެ ބުނީ މީހަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާދެމުން އަންނަކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި, މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

Ads by HDC
  1. ދިވެހި ޒުވާނުން

    ތިޔަ ސަމާ ހާދަ ނުލަފާ ވެގެން ތިއުޅެނީ ސަމާއަށް ވިޔަސް ހިފާ ހައްޔާރުކޮށް ޝަރީއަތް ހިންގާ