މީހަކު ހޯދަން ފުލުހުން ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ޢާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ވީޑިއޯއެއް ޢާންމުކުރުމަށްފަހު ފުލުހުން މިއަދު ބުނީ ވީޑިއޯއިން ފެންނަ މީހާއަކީ ފުލުހުންނަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަޙްޤީޤަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
ނަމަވެސް އެއީ މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ މީހާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.