ޖާސޫސް ކުރަން އުޅުނު އިންޑިއާ ދެ މީހުންގެ ދަބަހުން ގޮވާތަކެތި ފެނުނުކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި
ޖާސޫސް ކުރަން އުޅުނު ދެ މީހުން ހައްޔަރުކުރީ ގޮވާ ތަކެއްޗާއެކުކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
އެއާޕޯޓުގައި ދޫކޮށްލާފައި އޮތް ދަބަހެއްގެތެރޭގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް އޮތުމުން އެ މައްސަލައިގައި އާދިއްތަ ދުވަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އިންޑިއާ ދެ މީހުންނެވެ. އެ ދެ މީހުންގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.
އެ މީހުންގެ ދަބަހުން ގޮވާ ތަކެތި ފެނުނުކަމަށް ބުނާ ވާހަކައަކީ ތެދު ވާހަކައެއްތޯ ސުވާލުކުރުމުން ފުލުހުން ފުރަތަމަ ބުނީ ''ތަޙްޤީޤު ކުރިއަށްދާތީ'' އެއްވެސް އެއްޗެއް ބުނެވޭކަށް ނެތް ކަމަށެވެ.
ތަޙްޤީޤު ނިމުނީ ތޯއްޗެކެވެ. ދެންމެ ފުލުހުން ބުނީ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ދަބަހުން ގޮވާތަކެތި ފެނިފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއް ކަމަށެވެ.
އެ ދެ މީހުންނާއެކު އިތުރު ބަޔަކު ވެސް ޝާމިލްވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މި މައްސަލަ ފެންމަތިވުމުގެ ކުރިން އެ މީހުން ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.