ޚަބަރު އިޖުތިމާޢީ

ފައުޒިއްޔާ ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއް: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

ފިލްމީ ދާއިރާއަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ފައުޒިއްޔާ ޙަސަން (އުއްސަކުރު ފައުޒިއްޔާ) ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައުޒިއްޔާއަކީ ގިނަ ޑްރާމާތަކާއި, ފިލްމްތަކުގައި މަސައްކަތް ކުރައްވައި, ދާއިރާއަށް ދިވެހިން ނެރެދެއްވައި, އެ ދާއިރާއިން ކުރިޔަށްދާން އެހީތެރިވެދެއްވި ހިތްހެޔޮ މުރާލި ފަންނާނެއް ކަމަށެވެ.

ފައުޒިއްޔާ ނިޔާވުމަކީ ފަންނީ ދާއިރާއަށް ލިބުނު ހުސްކަމެއްކަމަށް ވިދާޅުވެ ރައީސް ޞާލިޙް ވަނީ, އެ މަރްޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދިވަޑައިގެންފައެވެ.

ފައުޒިއްޔާ ނިޔާވީ އިއްޔެ ހެނދުނުގެ ވަގުތެއްގައި މެޔަށް ތަދެއް އަރައިގެން ވެއްޓި, ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށްކަމަށް މަޢުލޫމާތު ލިބެއެވެ.

ފައުޒިއްޔާ ނިޔާވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ހަޔާތާއި ފަންނީ ކަންކަމުގައި ވިދައި ދިޔަ އެންމެ އަލިގަދަ އެއް ތަރި އޮއްސުމަކީ މުޅި ދިވެހި އުންމަތަށް ލިބުނު އަނދިރިކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!