ގެއަކުން ވަގަށް ނެގި ތިޖޫރީއެއް ވަޅުލާފައިވަނިކޮށް ފުލުހުން ހޯދައިފި

އައްޑޫ ސިޓީ ހިތަދޫ ގެއަކުން ވަގަށް ނެގި ތިޖޫރީއެއް ވަޅުލާފައިވަނިކޮށް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ހިތަދޫ ގެއަކުން ތިޖޫރީއެއް ވަގަށް ނަގާފައިވާ މައްސަލަ ހުށަހެޅީ މިއަދު ކަމަށެވެ.
އެ ތިޖޫރީ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން ތިޖޫރީ ހޯދާފައިވާ ކަމަށާއި, ތިޖޫރީ ހޯދާފައިވަނީ އެ ރަށު ފަޅު ތަނެއްގައި ވަޅުލާފައިވަނިކޮށްކަމަށް ފުލުހުން ބުންޏެވެ.
އެ ތިޖޫރީގައި ޕާސްޕޯޓު ތަކަކާއި, ޑޮރަލު ތަކަކާއި, ޗެކް ފޮތްތަކެއްގެ އިތުރުން އެހެނިހެން ތަކެތި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނުން މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.